Last Updated: May 6, 21:20
Monday, May 6, 2024
ޚަބަރު ޝަރުއީ ދާއިރާ

ފުލުހުންގެ ބަންދުން ފިލި މީހަކު ޖުރިމަނާކޮށްފި

ކްރިމިނަލް ކޯޓު --

ފުލުހުންގެ ބަންދުގައި ހުއްޓާ ފިލި މީހަކު 21،600 ރުފިޔާއިން ޖުރިމަނާކޮށްފައިވެއެވެ.

މިމައްސަލައިގައި ހިމެނޭ އާޒިފު އަބްދުލްހަލީލުގެ މައްޗަށް އުފުލާފައިވަނީ ޖިނާއީ ބަންދަކުން ފިލުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގެ ދައުވާގައި ބުނެފައިވަނީ މީނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހައްޔަރުކޮށް ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން 9 ސެޕްޓެމްބަރު 2022 އިން 24 ސެޕްޓެމްނަރު 2022 އަށް ބަންދުކުރުމަށް އަމުރު ކުރުމުން، ވިލިމާލޭ ޕޮލިސް ސްޓޭޝަންގެ ކަސްޓޯޑިއަލްގައި ބަންދުކޮށްފައިވަނިކޮށް، މީނާ އެ ސްޓޭޝަނުން ފިލައިގެން ގޮސްފައިވާ ކަމަށެވެ.

މި މައްސަލައިގައި އުފުލާފައިވާ ދައުވާއަށް އޭނާ ކޯޓުގައި އިއުތިރާފުވެފައެވެ. މައްސަލައަށް އިއުތިރާފުވުމުން ހުކުމް ކުރުމަށް އަވަސްނިޔާގެ މަޖިލިސް ބާއްވާފައިވެއެވެ.

މިމައްސަލައިގައި ހުކުމް ކުރުމަށް 7 މާޗް 2023 ގައި ބޭއްވި އަޑުއެހުމުގައި މީނާގެ މައްޗަށް ވަނީ ތިން މަހާއި 18 ދުވަހުގެ ޖަލުހުކުމެއް އިއްވާފައެވެ. އަދި އެ ޖަލު އަދަބު ޖުރިމަނާއަށް ބަދަލުކޮށް، 21،600 ރުފިޔާއިން ޖުރިމަނާކޮށްފައިވެއެވެ.