Last Updated: May 6, 06:06
Monday, May 6, 2024
ޚަބަރު އެމްޑީޕީ

‏ގުރައިދޫ ގޮނޑި ލިބުމަކީ ބޮޑު ކުރިއެރުމެއް: ރައީސް

ރައްޔިތުންގެ މަޖިލީހުގެ ‏ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީ އަށް ލިބުމަކީ ބޮޑު ކުރިއެރުމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމުން ކޮންޓްރޯލް ކުރަމުން އައި ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑި ކާމިޔާބު ކުރީ އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އިބްރާހިމް ޝާޒް އެވެ.

ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި އިންތިޚާބުން ހާމަވެގެން ދިޔައީ ސަރުކާރާއެކު ދާއިރާގެ ރައްޔިތުން ތިބިކަން ކަމަށާއި ފުރަތަމަ ފަހަރަށް މިދާއިރާގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބުވަމަކީ ޕާޓީއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުން ޕީޕީއެމްގެ ކެންޑިޑޭޓް ހުސައިން ރިޒާއަށް 1226 ވޯޓު ލިބުނުއިރު އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް ޝާޒްއަށް 1346 ވޯޓު ލިބިފައިވެ އެވެ. އަދި އެމްއެންޕީގެ އަލީ އާރިފަށް ލިބުނީ 136 ވޯޓެވެ.

މި އިންތިހާބުގައި 3423 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާއިރު ވޯޓު ލާފައިވަނީ 2755 މީހުންނެވެ.

ޝާޒް ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރުމާ ގުޅިގެން އެމްޑީޕީން އަންނަނީ އުފާ ފާޅުކުރަމުންނެވެ.