Last Updated: May 6, 21:20
Monday, May 6, 2024
ޚަބަރު ޝަރުއީ ދާއިރާ

ދޮގު ބަޔާން ދިންކަން މުއިއްޒުގެ މައްޗަށް ސާބިތުނުވި

ޑރ. މުހައްމަދު މުއިއްޒު-- ފޮޓޯ: މާލެސިޓީ ކައުންސިލް

ދޮގު ބަޔާނެއް ދިން ކަމަށްބުނެ މާލެސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލި ދައުވާ ސާބިތުނުވާ ކަމަށް ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި މުއިއްޒުގެ މައްޗަށް ކޮށްފައިވަނީ ދޮގު ބަޔާން ދިނުމުގެ ކުށުގެ ދައުވާއެވެ.

މިމައްސަލައިގައި ހުކުމް ކުރުމަށް މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބެއްލެވި ގާޒީ ސޮފްއަތު ހަބީބު ވިދާޅުވީ، އާބިޓްރޭޝަނަށް ބަޔާން ދިން މީހަކީ މުއިއްޒު ކަން ސާބިތު ކުރުމަކީ ދައުލަތުން ކުރަންޖެހޭނެކަމަށެވެ. އަދި އެބަޔާނުގައި އޮތް ސޮޔަކީ މުއިއްޒުގެ ސޮއިކަން ސާބިތު ކުރަން ކުރެވުނު މަސައްކަތެއް ބުނެ ނުދެވޭކަމަށް ވިދާޅުވިއެވެ.

އެހެންކަމުން އާބިޓްރޭޝަނަށް މުއިއްޒު ބަޔާނެއް ދިން ކަމާ މެދު ވެސް ޝައްކުތަކެއް އުފެދިފައިވާ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ނިންމަވާފައިވަނީ ހެކިތަކަށް ރިޢާޔަތް ކޮށް މި މައްސަލަ މުއިއްޒުގެ މައްޗަށް ސާބިތުނުވާކަމަށެވެ.

މުއިއްޒުގެ މައްޗަށް ދޮގު ބަޔާން ދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވާ މައްސަލައިގައި ޕީޖީ އޮފީހުން މީގެކުރިން ބުނެފައިވަނީ، ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަން (ނޫމަޑި) ނަމަކަށްކިޔާ ކުންފުނިން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންއަށް ހުށަހަޅާފައިވާ މައްސަލާގައި އެކުންފުނީގެ ހެކިވެރިއަކަށްވެފައިވާ ކަމަށެވެ. އަދި ހައުސިން ޔުނިޓް މަޝްރޫއާ ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011 ގައި ވެފައިވާ ފޭސް އެކެއްގެ އެއްބަސްވުމާއި 2013 ގައި ވެފައިވާ ފޭސް ދޭއްގެ އެއްބަސްވުމުގެ މަސައްކަތް އެކުންފުނިން ޝެޑިއުލްއާ އެއްގޮތަށް ލަސްތަކެއްނުވެ ކުރަމުން ގެންދިޔަކަމަށް ބުނެ، އަދި ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައިނުވާކަމަށް ބުނެ، ދޮގު ބާޔަނެއް ދީފައިވާކަމަށެވެ.