Last Updated: April 24, 23:11
Thursday, April 25, 2024
ޚަބަރު ރައީސް ސޯލިހު

ރައީސް އައްޑޫއަށް: ބިން ހިއްކުމާއި އެއާޕޯޓް މަސައްކަތް ފައްޓަވައިދެއްވާނެ

ރައީސް ސޯލިހް އައްޑުއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން- ފޮޓޯ: ރައީސް އޮފީސް

އައްޑޫސިޓީގައި ކުރިއަށްދާ ބޮޑެތި މަޝްރޫއުތައް ރަސްމީކޮށް ފައްޓަވައިދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޑޫސިޓީއަށް ފުރާވަޑައިގެންފިއެވެ.

ރައީސް ސޯލިހް އައްޑޫއަށް ވަޑައިގަތުމަށް ފުރާވަޑައިގެންފައިވާއިރު މިދަތުރުފުޅުގެ ތެރޭގައި އައްޑޫގައި ކުރިއަށްދާ މަޝްރޫއުތައް ބައްލަވާލައްވާނެއެވެ.

މީގެއިތުރުން އައްޑޫއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އައްޑޫ ސިޓީއަށް ގެނެވިގެންދާ ބޮޑެތި ތަރައްޤީގެ މަޝްރޫއުތައްވެސް ފައްޓަވައިދެއްވާނެއެވެ. އެގޮތުން އައްޑޫ ސިޓީގެ ބިންހިއްކުމުގެ ބިޔަ މަޝްރޫއު ފަށްޓަވައިދެއްވާނެ ކަމަށާއި، ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫއު ފަށްޓަވައިދެއްވާނެ ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

މިދަތުރުފުޅުގައި ބިން ހިއްކުމުގެ މަޝްރޫއު ފެއްޓެވުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރުއެވެ. އަދި މިރޭ އައްޑޫސިޓީ ކައުންސިލާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް މައުލޫމާތުދީފައިވެއެވެ.

ރައީސް ސޯލިހްގެ މިދަތުރުފުޅުގައި ސަރުކާރުގެ އިސްވެރިންނާއި، އެމްޑީޕީގެ އިސް ފަރާތްތައް އަދި މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވާނެއެވެ.