Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު ރައީސް ސޯލިހު

ބޮޑު ދެ މަޝްރޫއަކަށް ރައީސް އައްޑު އަށް ވަޑައިގެންފި

ފޮޓޯ: އައްޑޫލައިވް

ރައިސުލްޖުމުހޫއްރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް އައްޑޫއަށް ވަޑައިގެންފިއެވެ.

ދެދުވަހުގެ މުއްދަތަށް އައްޑޫއަށް ކުރައްވާ ދަތުރުގައި، އެމަނިކުފާނަށް ރަސްމީކޮށް މަރުހަބާ ކިޔަނީ، މަރަދޫ ބިން ހިއްކާ ސަރަހައްދުންނެނެވެ. މި ސަރަހައްދުން ރައީސް މަރުހަބާ ކިޔާފައިވަނީ އައްޑޫސިޓީ މޭޔަރ އަލީ ނިޒާރު އެމްޑީޕީ އަދި ސަރުކާރުގެ އިސްވެރިންނެވެ.

ރައީސްގެ މިދަތުރުފުޅުގައި އައްޑޫ ބިން ހިއްކުމުގެ މަޝްރޫޢު އަމަލީ މަސައްކަތް ފަށްޓަވައި ދެއްވުމާއި، އަދި އެއާޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫޢު ފައްޓަވައި ދެއްވާނެއެވެ. މީގެ އިތުރުން ރައްޔިތުންނާއި ބައްދަލު ކުރައްވާ އައްޑޫގައި ހިނގަމުންދާ ތަރައްޤީގެ މުހިންމު މަޝްރޫޢުތައް ބައްލަވައިލައްވާނެއެވެ.

ރައީސް ސޯލިހްގެ މިދަތުރުފުޅުގައި ސަރުކާރުގެ އިސްވެރިންނާއި، އެމްޑީޕީގެ އިސް ފަރާތްތައް އަދި މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވާނެއެވެ.