Last Updated: April 29, 15:08
Monday, April 29, 2024
ޚަބަރު ޕޮލިސް

މާލޭ ގެއެއްގައި ރަހީނުކޮށްފައި ތިބި ބަޔަކު ސަލާމަތްކޮށްފި

ފުލުހުން އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަނީ - ފޮޓޯ: ނިޝާން އަލީ / މިހާރު

މާލޭ ގެއެއްގައި ރަހީނު ކޮށްފައި ތިބި ބަޔަކު ސަލާމަތް ކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ ހެންވޭރު އަބަދަށްއުފާ މަގުގައި ހުރި ގެއެއްގައި ބަޔަކު ރަހީނު ކޮށްފައި ތިބިކަމުގެ މައުލޫމާތު މިއަދު ފުލުހުންނަށް ލިބުމާ ގުޅިގެން އެތަނަށް ފުލުހުން ހާޒިރުވެފައިވާ ކަމަށެވެ.

ފުލުހުން ބުނެފައިވަނީ އެތަނަށް ފުލުހުން ވަދެފައިވަނީ ބާރުގެ ބޭނުންކޮށްގެން ކަމަށެވެ. އަދި ރަހީނުކޮށްފައިތިބި ދިވެހި 3 ފިރިހެނުން ސަލާމަތްކޮށްފައިވާ ކަމަށާއި އެމީހުންނަށް އެކިވަރުގެ އަނިޔާކޮށްފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ. އެމީހުން ޑޮކްޓަރަށް ދެއްކުމަށް އައިޖީއެމްއެޗްއަށް ވަނީ ގެންގޮސްފައެވެ.

މި މައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކާއި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ގެންދާކަމަށްވެސް ބުނެފައިވެއެވެ.