Last Updated: April 30, 11:31
Tuesday, April 30, 2024
ޚަބަރު ރައީސް ނަޝީދު

25 މެންބަރުން ސޮއި ނަގައިފި، މައްސަލަ ކުރިއަށް ދާނެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރައީސް މުހައްމަދު ނަޝީދު- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިން 25 މެންބަރުން ސޮއި ނަގައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިއަދު ފެށިއިރު ރިޔާސަތުގައި އިންނެވީ ރައީސް މުހައްމަދު ނަޝީދެވެ.

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރައްވާފައިވާ މެންބަރުންގެ ތެރެއިން 25 މެންބަރުން އެބޭފުޅުންގެ ސޮއި އަނބުރާ ގެންދަވާފައިވާ ކަމަށެވެ. އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް 22 މެންބަރުންގެ ސޮއި ބޭނުންވާކަން ފާހަގަ ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ މި މައްސަލައިގައި އަދި 22 މެންބަރުންގެ ސޮއި ހަމަވާކަމަށެވެ.

"އެހެންވީމާ އަދި 22 މެންބަރުންގެ ސޮއި އޮތުމާއެކު މައްސަލަ ކުރިއަށްދާނެ. އިތުރު 8 ބޭފުަޅަކު ސޮއި އަނބުރާ ނުގެންދަވަނީނަމަ މައްސަލަ ކުރިއަށް ގެންދެވޭނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

މިއަދު މަޖިލީޙުގެ ޖަލްސާގެ އެޖެންޑާގައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން، މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު ރައިސް މުހައްމަދު ނަޝީދު ވަކިކުރުމަށް ހުށަހަޅާފައިވާ ޤަރާރު ކުރިއަށް ގެންދާނެ ގޮތަކާމެދު ގޮތެއް ނިންމުމެވެ. އެހެންކަމުން ރައީސް ނަޝީދު ވަނީ މިއަދުގެ ޖަލްސާގެ އެޖެންޑާ ބެލެހެއްޓުން މެންބަރުން ހަސަން އަފީފާ ހަވާލުކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ރައީސް ނަޝީދު ވަކިކުރުމަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވަނީ 54 މެންބަރުންގެ ސޮޔާއެކުއެވެ. މިމައްސަލައިގައި ސޮއިކޮށްފައިވާ 54 މެންބަރުންގެ ތެރޭގައި ހިމެނެނީ އެމްޑީޕީއަށް ނިސްބަތްވާ 50 މެންބަރުންނާއި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުالله ޖާބިރު، ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު, ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް އަދި ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދެވެ.

މަޖިލީހުގެ ރައިސް މަގާމުން ވަކިކުރުމަށް ހުށަހެޅެނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ އެއްބައި މެންބަރުންނަށްވުރެއް މަދުނޫންް އަދަދެއްގެ މެންބަރުން ލިޔެ ސޮއިކޮށް މައްސަލައެއްގެ ގޮތުގައި ހުށަހަޅާ ގަރާރު މަޖިލީހަށް ފޮނުވުމުންނެވެ. މި ޤާރާރު ފޮނުވާ ލިޔުމުގައި މަގާމުން ވަކިކުރުމަށް ފެންނަ ސަބަބު ބަޔާންކޮށްފައި އޮންނަންވާނެ ކަމަށް މަޖިލީހުގެ ގަވައިދުގައި ބުނެފައިވެއެވެ.