Last Updated: May 4, 20:25
Saturday, May 4, 2024
ޚަބަރު ޑރ. މުހައްމަދު މުއިއްޒު

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަންކަން ފުރިހަމަ ކޮށްދޭނަން

ރައީސް ޑރ. މުހައްމަދު މުއިއްޒު- ފޮޓޯ: ރައީސް އޮފީސް

ހުޅުމާލެ ދެވަނަ ފިޔަވައްސަށް ބޭނުންވާ ކަންކަން ފުރިހަމަ ކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އާންމުންގެ ސުވާލުތަކަށް ސޯޝަލްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފެށި ސިލްސިލާ "ރައީސްގެ ޖަވާބު"ގައި، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުޅިވަރު ކުޅޭނެ އެކަށީގެންވާ ވަސީލަތްތައް ނެތުމާއި ގުޅިގެން ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ދެވަނަ ފިޔަވަހީގައި ފުރިހަމަކުރަންޖެހޭ ގިނަ ކަންތައްތަކެއް ފުރިހަމަކޮށްފައިނުވާ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް މިސަރުކާރުން ކޮށްދެއްވާނެ ކަަމަށެވެ. އެގޮތުން އެޗްޑީސީ މެދުވެރިކޮށް އަދި އެހެން ފަރާތްތަކާ ވެސް ގުޅިގެން އެކި ކަހަލަ ކުޅިވަރު ކުޅެވޭ ވަސީލަތްތައް އަދި އެފަދަ ތަންތަން ގާއިމު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މިފަދަ ވަސީލަތްތައް ގާއިމުވެގެން އަންނައިރު އަންހެން ކަނބަލުންނަށްވެސް ކުޅިވަރު ކުޅެވޭނެ އިންތިޒާމުތައް ވެސް ހަމަޖެހޭނެ ކަމަށް ވިދާޅުވިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގިނަ ބަޔަކު ދިރިއުޅެމުންދާއިރު އެތަނަށް ބޭނުންވާ ހިދުމަތްތައް އެންމެ ފުރިހަމަގޮތުގައި ނުދެވޭތީ އެކަމުގެ ކަންބޮޑުވުން އެސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ފާޅުކުރެއެވެ.