Last Updated: May 4, 13:11
Saturday, May 4, 2024
ޚަބަރު އެކްސިޑެންޓް

ރޭސް ސައިކަލުން ޖެހި ހިނގި އެކްސިޑެންޓާ ގުޅިގެން އެކަކު ހައްޔަރުކޮށްފި

ހުޅުމާލެ ފޭސް އެކެއް ތެރެއިން / ފޮޓޯ: އައްޑޫލައިވް

ރޭސިން ސައިކަލަކުން ހިނގާފައި ދިޔަ މީހެއްގައި ޖެހި ހިނގި އެކްސިޑެންޓްގެ މައްސަލައާއި ގުޅިގެން އެކަކު ހައްޔަރުކޮށްފިއެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވާހީގައި ގާޒީ ސްކޫލް ކައިރިން ހިނގާފައި ދިޔަ އުމުރުން 67 އަހަރުގެ މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އެ އެކްސިޑެންޓް ހިނގާފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

އެ އެކްސިޑެންޓާއި ގުޅިގެން ފުލުހުން ބުނީ، އެކްސިޑެންޓް ހިނގި ރޭ 27 އަހަރުގެ ދިވެހި ފިރެހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެެނެސްފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މި އެކްސިޑެންޓަށް ފަހު އެމީހާގެ ބޯ ފަސް އިންޗިއަށްވުރެ ބޮޑުކޮށް ބޯފަޅައިގެން ގޮސް، ސިކުނޑިއަށް ލޭ ވަނީ އެޅިފައެވެ. އަދި އޭނާއަށް މިވަގުތު ފަރުވާ ދެމުންދަނީ އޭޑީކޭ ހޮސްޕިޓަލް އައިސީޔޫގައި އެވެ.

ގަވައިދާއި ހިލާފަށް ބާރު ސްޕީޑްގައި އެއްގަމު އުޅަނދުތައް ދުއްވުމުގެ ސަބަބުން މީގެކުރިންވެސް ވަނީ އެތައް ބައެއްގެ ފުރާނަ ގެއްލި، ބޮޑެތި އަނިޔާތައް ލިބިފައެވެ.