Last Updated: May 3, 06:00
Friday, May 3, 2024
ޚަބަރު ފަތުރުވެރިކަން

ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 558000 އަށްވުރެ މައްޗަށް

ހުޅުލެ އެއާޕޯޓުގައި ފަތުރުވެރިންތަކެއް ހަރަކާތްތެރިވަނީ -- ފޮޓޯ: ސަން

މިއަހަރުގެ މިހާތަނަށް 558233 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިއަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދުކަމުގައިވާ 488371 ފަތުރުވެރިންނާއި އަޅާ ބަލާއިރު 14.3 އިންސައްތަ އިތުރު އަދަދެކެވެ.

އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތައް

ޗައިނާ – 63647 ފަތުރުވެރިން
ރަޝިއާ – 58038 ފަތުރުވެރިން
އިޓަލީ – 53249 ފަތުރުވެރިން

ތަފާސްހިސާބުތައް ދައްކާގޮތުގައި ރާއްޖެއަށް މިމަހުގެ މިހާތަނަށްވެސް ވަނީ 148000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 6186 ފަތުރުވެރިން އާދެއެވެ.

ސަރުކާރުން މިއަހަރަށް އަމާޒު ހިފާފައިވަނީ 2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނެސް ފަތުރުވެރިކަމުގެ އައު ރެކޯޑެއް ގާއިމްކުރުމަށެވެ.