Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

އެމްއައިބީ ގެސްޓްހައުސް ސިމްޕޯޒިއަމް 9 ގައި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިިން ބާއްވާ "ގެސްޓް ހައުސް ސިމްޕޯޒިއަމް" ގައި ބައިވެރިވާން ހުޅުވައިފި އެވެ.

"އެމްއައިބީ ގެސްޓްހައުސް ސިމްޕޯޒިއަމް" ބާއްވަން ނިންމާފައި ވަނީ މި މަހުގެ 9 ގައި ކްރޮސް ރޯޑްސް މޯލްޑިވްސްގަ އެވެ. މި ސިންޕޯޒިއަމްގައި ގެސްޓްހައުސްތަކާ ގުޅޭ އެކި ކަންކަމާއި މަޝްވަރާކުރުމާއި ކަމާއި ގުޅޭ ތަޖުރިބާ ކާރުންގެ ކީނޯޓް ސްޕީޗް އޮންނާނެ އެވެ.

އެމްއައިބީން ބުނީ ގެސްޓް ހައުސް އެސޯސިއޭޝަނުން ވެސް ހިއްސާވެގެން ބާއްވާ އެ ސިމްޕޯޒިއަމްގައި އެއް ފުރާޅެއްގެ ދަށުން ގެސްޓްހައުސްތަކާއި ޓޫރިޒަމާއި ގުޅޭ އެކި ވިޔަފާރިތަށް ބައްދަލުވެ ވިޔަފާރި ފުޅާކުރުމާއި މިހާރަށް ވުރެ ފައިދާ ބޮޑުވާނެ ގޮތަށް ހިންގުމަށް މަގުފަހިވާނެ މައުލޫމާތު ލިބޭނެ ކަމަށެވެ.

"އެމްއައިބީ ގެސްޓްހައުސް ސިމްޕޯޒިއަމް" ގައި ބައިވެރިވާން ރަޖިސްޓްރީ ކުރާނީ މި https://mib.idzlink.com/maldivesislamicbank/guests/ މެދުވެރިކޮށެވެ.

މިދިޔަ އަހަރު ވެސް މި ސިމްޕޯޒިއަމް ބޭއްވި އެވެ.