Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ހިތަދޫ ބޮޑު މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

އައްޑޫ ސިޓީގެ ހިތަދޫ ބޮޑުމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މިއެކްސިޑެންޓް ހިނގާފައިވަނީ ހިތަދޫ ބޮޑުމަގުގައި ހުންނަ ހަތެއް އެގާރަ ފިހާރަ ކުރިމަތިންނެވެ. އެކްސިޑެންޓު ހިނގާފައިވަނީ ބާރު ސްޕީޑުގައި ދިޔަ ދެ ސައިކަލެއް ޖެހިގެންނެވެ.

މިއެކްސިޑެންޓުގައި އަނިޔާވެފައިވާ ދެ ޒުވާނުންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް މަންޒަރު ދުށް ފަރާތްތަކުން 'އައްޑޫލައިވް' އަށް މައުލޫމާތު ދީފައިވެއެވެ. މި ދެޒުވާނުނަށްވެސް މިހާރު އަންނަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

އެކްސިޑެންޓުގައި އަނިޔާ ލިބިފައިވަނީ ހަސަން ސާމިހް ނަމަކަށް ކިޔާ ޒުވާނަކާއި އަހުމަދު އާލިމް ނަމަކަށް ކިޔާ ޒުވާނެއް ކަމަށް މައުލޫމާތު ލިބެއެވެ.

އެކްސިޑެންޓު ދިމާވާން މެދުވެރިވި ސަބަބަކީ މަގުގައި ހެދިފައިވާ ފެންގަނޑަށް ނޭރި ދާން އުޅުމުގެ ތެރޭގައި ދެ ސައިކަލު ޖެހިގެން ކަމަށް 'އައްޑޫލައިވް' އަށް މަންޒަރު ދުށް ފަރާތެއް މައުލޫމާތު ދީފައިވެއެވެ. ދެމީހުންވެސް ދުއްވާފައި އައީ ބާރު ސްޕީޑުގައި ކަމަށް މައުލޫމާތު ލިބެއެވެ.