Last Updated: May 17, 10:57
Friday, May 17, 2024
ޚަބަރު

އައްޑު އާއި ފުވައްމުލަކު ކުނި މެނޭޖް ކުރުން އެމްއާރްޑީސީ އަށް

ކުނި ކޮށީގައި ރޯވި އަލިފާން ގަނޑުން ލިންކު ރޯޑް ފުރިފައި.

އައްޑު އާއި ފުވައްމުލަކުގެ ކުނި މެނޭޖް ކުރުމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އާއި މިއަދު ސަރުކާރުން ހަވާލުކޮށްފި އެވެ.

އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ލޯން އެހީގެ ދަށުން އައްޑޫ އަދި ފުވައްމުލަކުގައި ކުނި މެނޭޖް ކުރުމަށް އެމްއާރްޑީސީ އާއި ހަވާލު ކުރިއިރު މި މަސައްކަތުގެ އަމަލީ މަސައްކަތް މިއަހަރު ފެށިގެންދާނެ ކަމަށް އެންވައިރަމެންޓް މިނިސްޓަރ ޠޯރިގް އިބްރާހިމް ވިދާޅުވި އެވެ.

kuni

ފުވައްމުލަކުގައި ރަށު ފެންވަރުގައި ކުނި ޖަމާކުރެވޭނެ ނިޒާމެއް ގާއިމް ކުރާ އިރު މުސްތަގްބަލްގައި ފުވައްމުލަކުގައި އުފެދޭ ކުނި އައްޑޫ ކުނިކޮށްޓަށް ގެނައުމަށް ނިންމާފައިވާ ކަމަށް ޠޯރިގް ވިދާޅުވިއެވެ.

ޠޯރިގް ވިދާޅުވީ އައްޑޫ އާއި ފުވައްމުލަކުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ގޭގެއިންނާއި، ވިޔަފާރުކުރާ ތަންތަނުން އަދި ސިނާއީ މަސައްކަތްކުރާ ތަންތަނުން ފީއެއް ނަގައިން ކަމަށެވެ. އަދި އިތުރަށް ބޭނުންވާ ހަރަދުތައް ސަރުކާރުން ވަކި ސީލިންގް އެއްގެ ދަށުން ސަބްސިޑީއެއް ދައްކާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ

ހިތަދޫ ކުނި ކޮށްޓަށް ކުނި ޖަމާކޮށްފައި. ކުނި ނައްތާލުމުގެ ބިޔަ މަޝްރޫއުއެއް ފެށުމަށް ކައުންސިލުން ދަނީ މަސައްކަތް ކުރަމުން. ފޮޓޯ: އައްޑޫލައިވް
ހިތަދޫ ކުނި ކޮށްޓަށް ކުނި ޖަމާކޮށްފައި. ކުނި ނައްތާލުމުގެ ބިޔަ މަޝްރޫއުއެއް ފެށުމަށް ކައުންސިލުން ދަނީ މަސައްކަތް ކުރަމުން. ފޮޓޯ: އައްޑޫލައިވް

އައްޑޫ އަދި ފުވައްމުލަކުގެ ކުނި ގޮޑު މިހާރުވެސް ބަލަހައްޓަނީ އެމްއާރްޑީސީންނެވެ. އެގޮތުން މިހާރުވެސް އައްޑޫގެ ގެތަކުން ހިލޭ އެމްއާރްޑީސީން އަންނަނީ ކުނި ނަގަމުންނެވެ.

އައްޑޫ އާއި ފުވައްމުލަކުގައި ކުނީގެ މައްސަލަ ބޮޑުވެފައިވާ އިރު މިދެ އަތޮޅުގެ ގުދުރަތީ ރީތިކަން ވަނީ ކުނީގެ ސަބަބުން ހުތުރުވެފައެވެ. މިކަމަކީ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ.