Last Updated: April 25, 22:42
Friday, April 26, 2024
ޚަބަރު

ކައުންސިލް އިންތިހާބަށް ޕީޕީއެމުން ތައްޔާރު ވާން ފަށައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތް ވެރިކަން ކުރާ ޕީޕީއެމުންއިން ފަށައިފިއެވެ.

ޕީޕީއެމްއިން ވަނީ ކައުންސިލަށް ތައްޔާރުވުމުގެ ގޮތުން 11 މެމްބަރުން ހިމެނޭ ކޮމެޓީއެއް އެކުލަވާލާފައެވެ.

އަދި ރޭ ވަނީ އެކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވާފައެވެ.

އަންނަ ޖެނުއަރީ މަހުގެ 14 ވަނ ދުވަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ތައްޔާރީ ތަކާއި ގުޅޭގޮތުން ޕީޕީއެމްއިން އެކުލަވާލި ކޮމެޓީގެ ޗެއާއަކީ އެ ޕާޓީގެ ނައިބް ރައީސް އަބުދުއްރަހީމް އަބުދުﷲ އެވެ.

ލޯކަލް ކައުންސިލް އިންތިހާބްގައި އިލެކްޓްރޯނިކް ވޯޓިން ސިސްޓަމް ބޭނުން ކުރުމަށް އިލެކްޝަން ކަމިޝަނުން ނިންމާފައިވާ އިރު މިފަހަރުގެ ކައުންސިލް އިންތިހާބްވެސް ފޯރިގަދަވާނެ ކަމަށް ބެލެވެއެވެ.

ޕީޕީއެމްއިން އަންނަނީ މަހާސިންތާތައް ބާއްވައި ޕާޓީއަށް މެމްބަރުން އިތުރު ކުރުމަށް މަސައްކަތް ކުރަމުންނެވެ.