Last Updated: June 4, 20:19
Thursday, June 4, 2026
ޚަބަރު

ދުވާފަރު ފުލުހުން ހިތަދޫ މީހަކު ހޯދަނީ

ރ. ދުވާފަރު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހިތަދޫ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަަށައިފި އެވެ.

ހޯދަމުން އަންނަނީ ހިތަދޫ ހިޔާލާގޭ އަލީ އިބްރާހީމް، 34، އެވެ.

ފުލުހުން ބުނީ އަލީ އަކީ ހޯދަން ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ހޯދައި ނުފެނިފައިވާ މީހެއް ކަމަށެވެ.

އެހެންވެ އޭނާ އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ އެ މައުލޫމާތެއް ދުވާފަރު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9926093 އަށް ގުޅައި ހިއްސާ ކުރަން ފުލުހުން ވަނީ އެދިފަ އެވެ.