Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު

"ނިއޯން" ބޭކަރީގެ ވޭނު އެކްސިޑެންޓްވެއްޖެ

ހިތަދޫ ނިއޯން ބޭކަރީގެ ވޭނު މިއަދު އެކްސިޑެންޓެއްޖެ އެވެ.

ލިންކް ރޯޑް އާރްއޭއެފް ސަރަހައްދުގެ ރުއްފަށާ ދިމާލުން މި އެކްސިޑެންޓް ހިނގާފައި ވަނީ ވޭނު ކާރެއްގައި ޖެހިގެންނެވެ.

މިއަދު މެންދުރު ފަހު ދޭއް ޖަަހަން ކައިރިވެފައި ވަނިކޮށް މި ހާދިސާ ހިނގީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ވޭނު ކޮންޓްރޯލް ނުވެ ގޮސް، ކާރެއްގެ ފަހަތުގައި ޖެހިގެންނެވެ.

ވޭނުގެ ބިދޭސީ ޑްރައިވަރު "އައްޑޫ ލައިވް" އަށް ބުނީ އޭނާ ވޭނު ދުއްވީ ބާރަށް ނޫން ކަމަށާއި ކުރީގައި އޮތް ކާރުގައި ޖެހުނީ ކުއްލިއަކަށް ކާރު ހުއްޓުމުން ކަަމަށެވެ.

"މަޑުމަޑުން ދުއްވަނީ. ކާރު ކުއްލިއަކަށް މަޑު ކުރީމާ ކޮންޓްރޯލް ނުވެ ޖެހުނީ،" އޭނާ ބުންޏެވެ.

މި ހާދިސާގައި އެއްވެސް މީހަށް ގެއްލުމެއް ނުވެ އެވެ. އެކަމަކު ވޭނުގެ ކުރީކޮޅާއި ކާރުގެ ފަހަތް ވަނީ ބަޑިވެފަ އެވެ.

ހާދިސާ ހިނގި ސަރަހައްދަށް ފުލުހުން ގޮސް މިހާރު އަންނަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

bjhgj

ނިއޯން ބޭކަރީ ވޭން އެކްސިޑެންޓްވެފައި މި ވަނީ ގުޅިފައިވާ އަވަށްތަކުގެ ފިހާރަތަކަށް ޕާން ސަޕްލައި ކުރަން ދަނިކޮށެވެ.