Last Updated: May 18, 10:45
Saturday, May 18, 2024
ޚަބަރު

ފުލުހުން އައްޑޫގެ ތިން މީހަކު ހޯދަނީ

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން އައްޑޫގެ ތިން މީހަކު ހޯދަން އިއުލާންކޮށްފި އެވެ.

ފޮޓޯ އާންމުކޮށް ހޯދަން އިއުލާންކޮށްފައިވާ ތިން މީހުންނަކީ ހިތަދޫ ހިޔާލާގެ، ޢަލީ އިބްރާހީމް، 34، އާއި ފޭދޫ، ނޫރާނީގެ، ޙުސައިން ޝަހީން ސޯދިގް 23، ގެ އިތުރުން ހިތަދޫ ފުއްކަފަގޭ އަޙްމަދު ހުޝާމް، 26، އެވެ.

ފުލުހުން ބުނީ މި މީހުންނަކީ އަކީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ތަފާތު ތިން މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ހޯދައި ނުފެނިފައިވާ ބައެއް ކަމަށެވެ.

އެހެންވެ ތިން މީހުން ވެސް ފުލުހުންގެ އިދާރާއަކަށް ހާޒިރުވެ ނުވަތަ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9796240 އަށް ގުޅުއްވައި މައުލޫމާތު ހިއްސާ ކުރަން ފުލުހުން ވަނީ އެދިފަ އެވެ.