Last Updated: May 18, 08:39
Saturday, May 18, 2024
ޚަބަރު

މަރަދޫން ވަގަށް ކެޔޮގަނޑުތަކެއް ކެނޑި މީހަކު ހޯދަނީ

ގަން ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން މަރަދޫ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

މި މައްސަލާގައި ހޯދަމުންދާ މީހަކީ މަރަދޫ، ކުންނާރުގެ ހަފީޒް މުޙައްމަދުދީދީ، 26، އެވެ.

ފުލުހުން ބުނީ ހަފީޒް ހޯދަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ވަގުތެއްގައި މަރަދޫ ގެއަކުން ތިން ކެޔޮގަނޑު ވަގަށް ކަންޑައިގެން ގޮސްފައިވާ މައްސަލައިގެ ތަހުގީގަށް ކަަަމަށެވެ.

އެހެންވެ އޭނާ އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ އެކަން ގަން ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792058 ގުޅައި ހިއްސާ ކުރަން ފުލުުހުން އެދިފައިވެ އެވެ.