Last Updated: May 18, 12:02
Saturday, May 18, 2024
ސިޔާސީ

އިލްޔާސް ލަބީބްގެ ފޯން އަތުލައިފި

ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އިލްޔާސް ލަބީބް ފުލުހުންގެ އިދާރާ އަށް މިއދަު ހާޒިރުކޮށް، އޭނާގެ ފޯން ފުލުހުން އަތުލައިފި އެވެ.

އެމްޑީޕީ މެމްބަރެއްގެ ގޮތުގައި ހުންނެވި އިލްޔާސް ލަބީބް މިއަދު ހަވީރު ފުލުހުންގެ އިދާރާ އަށް ހާޒިރުކުރީ، މައުލޫމާތެއް ސާފު ކުރަން ކަމަށް ފުލުހުން ބުންޏެވެ.

އޭނާ ފުލުސް އިދާރާ އަށް ހާޒިރުވުމުން، ފުލުހުން ސާފު ކުރަން ބޭނުންވި މައުލޫމާތުތައް ސާފު ކުރުމަށް ފަހު ފޮނުވާލީ ފޯނު އަތުލުމަށް ފަހު އެވެ.

ފުލުހުން ވަނީ މީގެ ކުރިން ވެސް އެކި ފަހަރުމަތިން އިދިކޮޅު ބައެއް މީހުން ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށް ފޯން އަތުލައިފަ އެވެ.