Last Updated: May 18, 12:02
Saturday, May 18, 2024
ޚަބަރު

ޑރ. ބާރީ ފުލުހަށް ހާޒިރުވާން ޗިޓް ފޮނުވައިފި

ދާދި ފަހުން ސްރީ ލަންކާ އިން ގިނަ އަދަދަކަށް ޑޮލަރު ބޭރު ކުރަން އުޅެނިކޮށް، އެ ގައުމުގެ ފުލުހުން ހައްޔަރު ކުރުމަށް ފަހު، ފަހުން ދޫކޮށްލާފައިވާ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ މާދަމާ ރޭ ފުލުސް އޮފީހަށް ހާޒިރުވާން ޗިޓް ފޮނުވައިފި އެވެ.

ޗިޓުގައިވާ ގޮތު ގޮތުން ބާރީ ފުުލުހަށް ހާޒިރު ކުރަނީ ތަހުގީގުކުރަމުން އަންނަ މައްސަލައަކާ ގުޅޭ ގޮތުން ސުވާލުކޮށް ބަޔާން ނެގުމަށެވެ.

އެހެން ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ފުލުހުން ނުބުނެ އެވެ.

ބާރީ ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައި ވަނީ މާދަމާ ރޭ 8:00 އަށެވެ.

ބާރީގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރާ އިރު، ލަންކާ އިން އޭނާ ހައްޔަރު ކުރި އިރު އޭނާގެ އަތުން 45،000 ޑޮލަރު ފެނިފައިވެ އެވެ. އެ ފައިސާ ހުރީ އަތް ދަބަހުގައި ފޮރުވާފައިވާ ކަމަށް ވެސް ލަންކާގެ ޑެއިލީ މިރާގައިވެ އެވެ.