Last Updated: May 18, 08:39
Saturday, May 18, 2024
ޚަބަރު

ޖިންސީ ގޯނާގެ މައްސަލައެއްގައި ފޭދޫ އަންހެނަކު ހޯދަނީ

ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ބަދުއަހުލާގީ މައްސަލައަކާ ގުޅިގެން ފޭދޫ އަންހެނަކު ހޯދަން ފޮޓޯ އާންމުކޮށް ފުލުހުން އިއުލާންކޮށްފި އެވެ.

ހޯދަމުން އަންނަނީ ފޭދޫ، ރެޑްރޯސް އާމިނަތު ނުސްރަތު، 25، އެވެ.

އޭނާ ހޯދަނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެންނެވެ.

އެހެންވެ ނުސްރަތާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ނަމަ އެ މަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9790163 އަށް ގުޅައި ހިއްސާ ކުރަން ފުލުހުން ވަނީ އެދިފަ އެވެ.