Last Updated: April 26, 23:59
Saturday, April 27, 2024
ޚަބަރު

އެކްސިޑެންޓެއްގައި ކާރަކަށް ބޮޑު ގެއްލުމެއް

މަރަދޫފޭދޫގައި ރޭ ހިނގި އެކްސިޑެންޓެއްގައި ކާރަކަށް ބޮޑެތި ގެއްލުންތަކެއް ލިބި ދެ މީހަކަށް ސީރިއަސް ގެއްލުމެއް ނުލިބި ސަލާމަތްވެއްޖެ އެވެ.

އެ ރަށު ބޮޑު މަގުގައި ރޭ ދަންވަރު 2:15 ގައި ހިނގި މި ހާދިސާގައި ކުދިކުދި ޒަހަމްތަކެއް ލިބުނީ ހިތަދޫ ސެންޓަ ޕޮއިންޓް މުހައްމަދު ސޯލިހް، 52، އަށެވެ.

h

ސޯލިހާއި ހިތަދޫ ރަސްއައިން އަހުމަދު ޝަފީގް (ބޮޑީ)، 35، ބާރު ސްޕީޑްގައި ދުއްވި ކާރު ކޮންޓްރޯލް ނުވެ ބޮޑުގައި ހުރި އިދުރީސް ޓްރޭޑިން ފިހާރައިގައި ޖެހި ކާރުގެ ކުރީކޮޅަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.

ކާރު އެކްސިޑެންޓްވީ ހިތަދު އަށް ދަނިކޮށެވެ. ކާރު ދުއްވަން އިނީ ބޮޑީ އެވެ.

gjhg

މި ހާދިސާގައި ސޯލިހްގެ މޫނުމަތިން ބައެއް ތަންތަން މަށައިގެން ގޮސް ކުދިކުދި ޒަހަމްތައް ލިބުނު ނަމަވެސް ސީރިއަސް އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން މިއަދު ބުންޏެވެ.