Last Updated: May 18, 11:51
Saturday, May 18, 2024
ޚަބަރު

"ބްލޫސް ފޮ ޔޫތު" އަށް ފުރުސަތު ހުޅުވާލައިފި

ޒިންމާދާރު ބަޔަކަށް ޒުވާނުން ހެދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އައްޑޫގައި ފުލުހުން ކުރިއަށް ގެންދަން ނިންމާފައިވާ "ބްލޫސް ފޯ ޔޫތު ކޭމްޕް" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ފުލުހުން ބުނީ އަންނަ މަހުގެ 9-18 އަށް ބާއްވާ ކޭމްޕްގައި ބައިވެރިވާން އެދޭ ޒުވާނުން އަންނަ މަހުގެ 10 ކުރިން އެޕްލިކޭޝަން ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އެޕްލިކޭޝަން ފޯމް ހިތަދޫ ޕޮލިސް ސްޓޭޝަނާއި ގަން ޕޮލިސް ސްޓޭޝަނުގެ އިތުރން ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން މިހާރު ލިބޭނެ އެވެ.

އިތުރު މައުލޫމާތު 9792058 އިން ލިބޭނެ އެވެ.

ދިހަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ކޭމްޕްގައި ބައިވެރިވެވޭނީ އުމުރުން 16-19 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. ބައިވެރިވާން އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެ އެވެ.

އައްޑޫގައި ބާއްވާ "ބްލޫސް ފޮ ޔޫތު ކޭމްޕް" މި ފަހަރު ބާއްވަނީ ހުޅުމީދޫގައި ހުންނަ ސ. އަތޮޅު މަދަރުސާގަ އެވެ.

މި ކޭމްޕްގައި ޒުވާނުންނަށް ބޭނުންތެރި މުހިއްމު އިމްލީ އަދި ފިޒިކަލް ބައިތަކެއް ހިމަނާފައިވެ އެވެ.

11057762_10152895200249965_4951708555433647065_n

އެގޮތުން އަމިއްލަ ނަފްސުގެ ސަލާމަތާއި ރައްކާތެރިކަމާއި، ފުރަތަމަ އެހީ އާއި އަލިފާނުގެ ހަދިސާތަކުގައި ޢަމަލު ކުރަންވީ ގޮތްތަކާއި ޑޮމެސްޓިކް ހައުސް ވަޔަރިން އާއި ދިރިއުޅުމުގެ ރިވެތި އާދަތަކާއި ލީޑަޝިޕްގެ ބައިތައް އުނގަންނައި ދޭނެ އެވެ.

މީގެ އިތުރުން ވެސް ނަފްސަށް ކުރާ އިތުބާރު ބޮޑުކުރުމަށްޓަކައި ތަފާތު ޕްރޮގްރާމްތަކާއި ދީނީ ކަންތައްތަކަށް ހޭލުންތެރި ކުރުމަށް މަޢުލޫމާތު ފޯރުކޮށް ދޭނެ އެވެ.

އައްޑޫގައި މިދިޔަ އަހަރު ވެސް "ބްލޫސް ފޯ ޔޫތު ކޭމްޕް" ބޭއްވި އެވެ. އެ ފަހަރު ކޭމްޕް އޮތީ ހިތަދޫ ޝަރަފުއްދީން ސްކޫލްގަ އެވެ.