Last Updated: June 26, 03:21
Thursday, June 25, 2026
ޚަބަރު

މިރޭ އެޗްއާރްއެޗުން ފަރުވާ ދެނީ އިމަޖެންސީ ބަލި މީހުންނަށް!

ހިތަދޫގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުން މިރޭ ބެލެނީ ހަމައެކަނި އިމެޖެންސީގައި ގެންނަ ބަލި މީހުންކަމަށް އެ ހޮސްޕިޓަލުން ބުނުމާއި ގުޅިގެން އާއްމުން ޝަކުވާ ކުރަން ފަށައިފިއެވެ

"އައްޑޫލައިވް" އާއި ވާހަކަ ދެއްކި ފޭދޫގެ ރައްޔިތަކު ބުނީ ބަލިވެގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ޓެކްސީއެއްގައި ދިއުމުންވެސް ޑޮކްޓަރަށް ދެއްކޭ ގޮތް ނުވިކަމަށެވެ.
އެމީހާ ބުނީ ހޮސްޕިޓަލަށް ގުޅައި ޑޮކްޓަރަކު ހުރިތޯ އޮޅުން ފިލުވުމަށްފަހު ދިއުމުން ވެސް ޑޮކްޓަރަށް ދެއްކޭ ގޮތް ނުވިކަމަށެވެ.

"ޑޮކްޓަރ މިރޭ ބަލަނީ ހަމައެކަނި އިމަޖެންސީގައި ގެންނަ ބަލި މީހުން ކަމަށް ބުނެ، ޑޮކްޓަރަށް ދެއްކޭ ގޮތް ނުވި، މީ ކިހާ ބޮޑު ތަކްލީފެއް، ޓެކްސީއެއްގައި ދެކޮޅަށް ލާރި ދީފަައި ބޭކާރު ދަތުރެއް"

މިއަދު ދުވާލު ގަޑީގައިވެސް ހޮސްޕިޓަލްގެ އޯޕީޑީގައި އެންމެ ޑޮކްޓަރެއް ހުރެގެން އެވާހަކަ އައްޑޫލައިވްގައި ވަނީ ގެނެސްދީފައެވެ

އެހަބަރު އައްޑޫލައިވްގައި ޖެހުމާއި ގުޅިގެން ހޮސްޕިޓަލްގެ ވެރިއަކު ވަނީ އެތަނުގެ މުވައްޒަފުންނަށް އެފަދަ ހަބަރު ނުދިނުމަށް އަންގާފައެވެ. ހޮސްޕިޓަލާއި ގުޅޭ ހަބަރެއް ހޯދުމަށް ތަކުރާރުކޮށް ގުޅުމުންވެސް އެތަނުގެ ވެރިން ޖަވާބެއް ނުދެއްވައެވެ.

ހިތަދޫ ހޮސްޕިޓަލްގައި މެޑިކަލް އޮފިސަރުންގެ ގޮތުގައި 7 ޑޮކްޓަރުން މަސައްކަތް ކުރަމުން ގެންދާއިރު އޭގެ ތެރެއިން 3 ޑޮކްޓަރުން މިވަގުތު ތިބީ ޗުއްޓީގައެވެ.

" 2 ޑޮކްޓަރުން އާއިލީ ޒިންމާ، އަނެއް ޑޮކްޓަރު އެނުއަލްގައި. blockquote>

ހިތަދޫ ހޮސްޕިޓަލުގެ ޚިދުމަތްތަކާއި ބެހޭގޮތުން އާންމުންގެ ޝަކުވާ އިތުރުވެފައިވާ ކަން ފާހަގަކޮށްލެއެވެ