Last Updated: May 3, 17:36
Friday, May 3, 2024
ޚަބަރު

އެފްއާރްޓީ ވެސް ކަޓައިފި

ގޯދިއްޔާ ފުޓްސަލް މުބާރާތުގެ ގްރޫޕް ބީގައި މިރޭ ކުޅުނު މެޗް ކްލަބް ވީއެޗުން ކާމިޔާބުކޮށްފިއެވެ.

ފޭދޫ އެފްއާރްޓީ އާއި ދެކޮޅަށް ކުޅުނު މެޗް ކްލަބް ވީއެޗުން ކާމިޔާބުކުރީ 0-10 އިންނެވެ.

މި ނަތީޖާ އާއި އެކު ކްލަބް ވީއެޗް ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފައިވާއިރު، އެފްއާރްޓީ ވަނީ މުބާރާތުން ކަޓައިފައެވެ.

މިރޭގެ މެޗްގައި ކްލަބް ވީއެޗްގެ އަބްދުﷲ ޝައްފާން އާއި ހަސަން އަދުހަމް ވަނީ ހެޓްރިކް ހަދާފައެވެ. މި ކުޅުންތެރިންގެ އިތުރުން ކްލަބް ވީއެޗްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ 2 ލަނޑު ޖެހި ހުސައިން ޝަރީފް އާއި މުހައްމަދު އިމްރާން އަދި އަހްމަދް ހަލީމެވެ.

This slideshow requires JavaScript.


މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ، ކްލަބް ވީއެޗްގެ އަބްދުﷲ ޝައްފާނެވެ.

ގްރޫޕް ބީ އަށް ބަލާއިރު ކުޅުނު 3 މެޗުން ހޯދި 9 ޕޮއިންޓާއި އެކު ގްރޫޕްގެ އެއްވަނަ ލިބެނީ ކްލަބް ވީއެޗަށެވެ. މި ގްރޫޕްގައި ދެން ހިމެނޭ ނިއު އެމްްއެފްސީ، މަލްޓި ޖީނިއަސް އަދި އެފްސީ އަފިރިންއަށް ވެސް 3 ޕޮއިންޓް ލިބިފައިވާއިރު، ގޯލުގެ ތަފާތުން 2 ވަނަ ލިބެނީ އެފްސީ އަފިރިން އަށެވެ.

ކްލަބް ވީއެޗުން ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފައިވާއިރު ނިއު އެމްްއެފްސީ، މަލްޓި ޖީނިއަސް އަދި އެފްސީ އަފިރިން އަށް ވެސް ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދުމުގެ ފުރުސަތު އެބައޮތެވެ.