Last Updated: May 3, 06:00
Friday, May 3, 2024
ކުޅިވަރު

ޑީސީ ސްޕޯޓްސް ބަލިކޮށް ޔުނައިޓެޑް ފްރެންޑްސް ހަމަޖެހިލައިފި

ގޯދިއްޔާ ފުޓްސަލް މުބާރާތުގައި މިރޭ ކުޅުނު 3 ވަނަ މެޗްގައި ޑީސީ ސްޕޯޓްސް ކްލަބް ބަލިކޮށް ޔުނައިޓެޑް ފްރެންޑްސް އިން ހަމަޖެހިލައިފިއެވެ.

މަރަދޫ ވެންބޮޅޮފިށި ސްޓޭޑިއަމްގައި ކުޅުނު މި މެޗް ޔުނައިޓެޑް ފްރެންޑްސް އިން ކާމިޔާބުކުރީ 0-2 އިންނެވެ.

ޔުނައިޑެޓް ފްރެންޑްސްގެ ގޯލުތައް ކާމިޔާބުކޮށްދިނީ، އަލީ ޝިފާއު އާއި އަޔާޒް އަހްމަދެވެ. މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް އަޔާޒެވެ.

މި ނަތީޖާ އާއި އެކު ގްރޫޕްގައި ބާކީ އެއް މެޗް އޮތްވައި ޔުނައިޓެޑް ފްރެންޑްސް އަށް މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް އެޓީމަށް ވަނީ ކަށަވަރުވެފައެވެ.

މުބާރާތުގައި މިހާތަނަށް ކުޅުނު 3 މެޗުން ލިބުނު 9 ޕޮއިންޓާއި އެކު ޔުނައިޓެޑް ފްރެންޑްސް އަށް އޮތީ ގްރޫޕްގެ އެއްވަނައިގައެވެ. ގްރޫޕްގެ 2 ވަނައިގައި 6 ޕޮއިންޓާއި އެކު އޮތީ، ޔުނައިޓެޑް ފްރެންޑްސް އަށް ވުރެ އެއް މެޗް މަދުން ކުޅެފައިވާ، އެފްސީ ބޭރުމަތިއެވެ.

ގްރޫޕްގެ 3 ވަނައިގައި އޮތީ ޑީސީ ސްޕޯޓްސް އެވެ. މިހާތަނަށް ކުޅުނު 3 މެޗުން ޑީސީ އަށް 3 ޕޮއިންޓް ލިބިފައިވާއިރު ދެން އެޓީމު ކުޅޭ މެޗުން މޮޅުވިޔަސް ލިބޭނީ 6 ޕޮއިންޓެވެ.

މި ގްރޫޕްގެ 2 ވަނައިގައި އެފްސީ ބޭރުމަތިން ދެން ކުޅޭ މެޗްތަކުގެ ނަތީޖާ ނިކުންނަ ގޮތަކުން ޑީސީ، އަށް މުބާރާތުގެ ކުއާޓާ އިން ޖާގައެއް ހޯދުމުގެ ހަނި ފުރުސަތެއް އެބައޮތެވެ.