Last Updated: May 3, 11:12
Friday, May 3, 2024
ޚަބަރު

ހަބޭސް އަތުން ބަލިވެ އެސްއެމްޓީ ކަޓައިފި

އެފްސީ ހަބޭސް އާއި އެސްއެމްޓީ ކުޅުނު މެޗްގެ ތެރެއިން. އައްޑޫލައިވް ފޮޓޯ: އިބްރާހިމް އަބްދުﷲ

ގޯދިއްޔާ ފުޓްސަލް މުބާރާތުގެ ގްރޫޕް އޭ ގައި މިރޭ ކުޅުނު މެޗުގައި އެފްސީ ހަބޭސް އަތުން ބަލިވެ އެސްއެމްޓީ ކަޓައިފިއެވެ.

ފާއިތުވި 2 އަހަރު ވެސް ގޯދިއްޔާ ފުޓްސަލް މުބާރާތުގެ ޗެމްޕިއަން ހަބޭސް އިން މިރޭގެ މެޗް ކާމިޔާބު ކުރީ 0-3 އިންނެވެ.

މިރޭގެ މެޗްގައި ހަބޭސްގެ އިބްރާހިމް ހަމްދާން 2 ގޯލް ޖެހިއިރު އެ ޓީމުގެ 3 ވަނަ ގޯލް ޖެހީ މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ހާރޫން އިބްރާހީމެވެ.

މި ނަތީޖާ އާއި އެކު 3 މެޗުން ހަބޭސް އަށް ލިބުނު 9 ޕޮއިންޓާއި އެކު އެ ޓީމަށް ވަނީ ގްރޫޕްގެ އެއްވަނަ ލިބިފައެވެ.

އެފްސީ ހަބޭސް އާއި އެސްއެމްޓީ ބައްދަލުކުރި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ހާރޫން. ފޮޓޯ: އިބްރާހިމް އަބްދުﷲ/ އައްޑޫލައިވް

މި ގްރޫޕްގައި ދެން ހިމެނޭ ޓީމުތަކަށް ބަލާއިރު ކަޒިންސް އެފްސީ އަށާއި ވެލާ ޕްރައިވެޓް ރިސޯޓަށް ވެސް ވަނީ 6 ޕޮއިންޓް ލިބިފައެވެ. ކަޒިންސް އެފްސީއަށް ވުރެ އެއް މެޗް މަދުން ކުޅެފައިވާ ވެލާ އަށް ގްރޫޕްގެ 2 ވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ.

ކަޒިންސް އެފްސީ އިން މުބާރާތުގައި ކުޅުނު 3 މެޗްގެ ތެރެއިން 2 މެޗުން ވަނީ މޮޅުވެފައެވެ.

މި ގްރޫޕްގައި ހިމެނޭ އެސްއެމްޓީ އާއި ކްލަބް މަރަދޫ ކަޓާފައި ވާއިރު، ދެން ގްރޫޕްގައި ހިމެނޭ 3 ޓީމަށް ވެސް ކުއާޓާގެ ޖާގައެއް ހޯދުމުގެ ފުރުސަތު އެބައޮތެވެ.