Last Updated: May 3, 10:18
Friday, May 3, 2024
ޚަބަރު

ފަހު ވަގުތު ޖެހި ލަނޑާ އެކު އެފްސީ ބޭރުމަތި ކުއާޓާ އަށް

ގޯދިއްޔާ ފުޓްސަލް މުބާރާތުގެ ގްރޫޕް ސީ ގައި މިރޭ ކުޅުނު ފުރަތަމަ މެޗުން ޒިލޯން ބަލިކޮށް އެފްސީ ބޭރުމަތި ކުއާޓާފައިނަލަށް ދަތުރުކޮށްފި އެވެ.

މިރޭގެ މެޗުން އެފްސީ ބޭރުމަތި ކާމިޔާބުކުރީ 3-4 އިންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗްގައި އެންމެ ފުރަތަމަ ލަނޑެއް ޖަހައި ލީޑް ނެގީ ޒިލޯން އިންނެވެ. އެހެން ނަމަވެސް ޒިލޯންގެ ލަނޑަށް މާގިނަ އިރުތަކެއް ނުވެ އެފްސީ ބޭރުމަތިން ވަނީ ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

އަދި އެ ލަނޑަށް ފަހު އިތުރު 2 ލަނޑު ޖަހައި އެފްސީ ބޭރުމަތިން އެ ޓީމުގެ ލީޑް 1-3 އަށް ފުޅާކުރިއެވެ. މި މެޗަށް ނިކުތް އިރު ވެސް ކުއާޓާގެ ޖާގައެއް ހޯދުމުގެ ފުރުސަތު ހަނިވެފައި އޮތް ޒިލޯން އިން ވަނީ އަނެއްކާ ވެސް 2 ލަނޑު ޖަހައި މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

މި މެޗުން އެފްސީ ބޭރުމަތި މޮޅުވި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ، މެޗްގެ އެންމެ ފަހު ވަގުތު ކޮޅުގެ ތެރޭގައި ހަސަން މިފްރާހް(މިއްފާ) އެވެ.

މި މެޗްގައި ބޭރުމަތީގެ 4 ގޯލްގެ ތެރެއިން 2 ގޯލް ކާމިޔާބުކޮށްދިނީ މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އިބްރާހިމް އަސްވަދު(ގަބޭ) އެވެ. ދެން އެ ޓީމަށް ލަނޑު ޖަހައިދިނީ މިފްރާހްގެ އިތުރުން ސިނާހް އެވެ.

މިރޭގެ މެޗުން ބަލިވުމާއި އެކު ޒިލޯން ވަނީ މުބާރާތުން ކަޓާފައެވެ.