Last Updated: May 3, 11:12
Friday, May 3, 2024
ކުޅިވަރު

ހަނި ގޮތަކަށް ކަޒިންސް، ވެލާ ބަލިކޮށްފި

ގޯދިއްޔާ ފުޓްސަލް ކަޕް 2017ގެ މިރޭގެ ފަހު މެޗުގައި ވެލާ ޕްރައިވެޓް އައިލެންޑާއި ކަޒިންސް އެފްސީ ބައްދަލުކުރި މެޗު 0-1 އިން ކަޒިންސް ކާމިޔާބުކޮށްފިއެވެ.

ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ހަމައެކަނި ގޯލު ފެނިގެން ގޮސްފައިވަނީ ފުރަތަމަ ހާފުގައި ކަޒިންސްގެ އިސްމާއިލް އާސިފްގެ ފަރާތުން ފެނިގެން ދިޔަ ގޯލަކާއެކުގައެވެ.

ދެވަނަ ހާފުގައި ދެޓީމުންވެސް ނަތީޖާ އަށް ބަދަލެއް ގެނައުމަށް ކުރި މަސައްކަތް ވަނީ ބޭކާރުވެފައެވެ. ކަޒިންސް ޓީމު ވަނީ ވެލާއަށް ގޯލެއް ކާމިޔާބުކުރެވުނަ ނުދީ ހިފަހައްޓާފައެވެ.

ގްރޫޕް އޭ ގެ އެއްވަނަ އެފްސީ ހަބޭސް ވަނީ ކުޅުނު ތިން މެޗުން 9 ޕޮއިންޓު ހޯދައިގެންނެވެ. މިރޭ ކަޒިންސް ހޯދި މޮޅާއެކު 4 މެޗުން 9 ޕޮއިންޓު ލިބި ދެވަނައަށް އަރާނެއެވެ.