Last Updated: May 3, 18:13
Friday, May 3, 2024
ކުޅިވަރު

މޮޅަކުން އެސްއެމްޓީ އިން މުބާރާތް ނިންމާލައިފި

ފަހު މެޗްގައި ކްލަބް މަރަދޫ ބަލިކޮށް އެސްއެމްޓީ އިން 2017 ވަނަ އަހަރުގެ ވީބީ ގޯދިއްޔާ ފުޓްސަލް މުބާރާތް މޮޅަކުން ނިންމާލައިފި އެވެ.

މަރަދޫ ވެންބޮޅޮފިށި ސްޓޭޑިއަމްގައި ކުޅުނު މިމެޗް އެސްއެމްޓީ އިން ކާމިޔާބު ކުރީ 2-3 އިންނެވެ.

މިމެޗްގެ ފުރަތަމަ ހާފުގައި ކްލަބް މަރަދޫގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު އެ ހާފު ނިމުނީ 0-2 ކްލަބް މަރަދޫ ކުރީގައި އޮވެގެންނެވެ. އެހެން ނަމަވެސް 2 ވަނަ ހާފު ފަށައިގެން އެސްއެމްޓީ އިން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް 3 ލަނޑު ޖަހައި މެޗްގެ ނަތީޖާ އެޓީމު ކޮޅަށް އަނބުރާލާފައެވެ.

މިރޭގެ މެޗްގައި އެސްއެމްޓީގެ ހުސައިން ވިޝާން ދެ ލަނޑު ޖެހިއިރު އެ ޓީމުން ދެން ގޯލް ޖެހީ އަހްމަދް ތޮލާލެވެ. ކްލަބް މަރަދޫގެ ގޯލްތައް ކާމިޔާބުކުރީ ހަސަން ލައުހް އާއި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ހުސައިން އައިކު އެވެ.

މިރޭ ކްލަބް މަރަދޫ އަތުން އެސްއެމްޓީ ހޯދި މޮޅަކީ އެޓީމް މި މުބާރާތުގައި ހޯދި ފުރަތަމަ މޮޅުކަން ވެސް ފާހަގަކޮށްލަންޖެހެ އެވެ.

އެސްއެމްޓީ އިން މީގެކުރިން ކުޅުނު ދެ މެޗުން ވެސް ބަލިވެފައިވާއިރު، މިމެޗަށް ނިކުތް އިރުވެސް އެޓީމު ވަނީ މުބާރާތުން ކަޓާފައެވެ. މިރޭގެ މެޗުން ބަލިވުމާއި ކްލަބް މަރަދޫ އިން މި މުބާރާތް ނިންމާލީ ޕޮއިންޓެއް ނުލިބި އެވެ.