Last Updated: May 3, 10:35
Friday, May 3, 2024
ޚަބަރު

އެފްސީ އަފިރިން ކުއާޓާގެ ފުރުސަތު ބޮޑުކޮށްފި

ގޯދިއްޔާ ފުޓްސަލް މުބާރާތުގެ ގްރޫޕް ބީގައި އެފްސީ އަފިރިން އިން ކުޅުނު ފަހު މެޗްގައި 2-6 ގެ ނަތީޖާ އަކުން އެފްއާރްޓީ ބަލިކޮށް ކުއާޓާ ފައިނަލުގެ ފުރުސަތު އެ ޓީމުން ބޮޑުކޮށްފިއެވެ.

އެފްސީ އަފިރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗްގައި އެފްސީ އަފިރިންގެ އިބްރާހިމް އަބްދުﷲ ވަނީ 4 ލަނޑު ޖަހާފައެވެ. މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް އިބްރާހިމް އަބްދުﷲ އެވެ. ދެން އެޓީމަށް ލަނޑުތައް ކާމިޔާބުކޮށްދިނީ އަބްދުﷲ ޝިފާޒް އާއި މުހައްމަދު އިޔާސް ޝާހިދެވެ.

މިރޭގެ މެޗަށް ނިކުތް އިރުވެސް މުބާރާތުން ކަޓާފައިވާ އެފްއާރްޓީގެ ދެ ލަނޑު ވެސް ކާމިޔާބުކޮށްދިނީ ތާހާ މުހައްމަދެވެ.

މިރޭގެ މި ނަތީޖާ އާއި އެކު އެފްސީ އަފިރިން އަށް 4 މެޗުން 7 ޕޮއިންޓް ލިބިފައިވާއިރު، ކުއާޓާގެ ޖާގައެއް އެ ޓީމަށް ލިބޭނެކަން ނުވަތަ ނޫންކަން އެނގޭނީ މި ގްރޫޕްގެ ފަހު މެޗްގައި މަލްޓި ޖީނިއަސް ސިޓީ އާއި ނިއު އެމްއެފްސީ ބައްދަލުކުރާ މެޗްގެ ނަތީޖާ ނިިކުންނަ ގޮތަކުންނެވެ.