Last Updated: April 26, 11:19
Friday, April 26, 2024
ކުޅިވަރު

ހަބޭސް އަތުން ބަލިވެ ވެލާ ކަޓައިފި

ގޯދިއްޔާ ފުޓްސަލް މުބާރާތުގެ ގްރޫޕް އޭ ގެ ފަހު މެޗްގައި އެފްސީ ހަބޭސް އާއި ބައްދަލުކުރި މެޗުން ބަލިވެ ވެލާ ޕްރައިވެޓް އައިލޭންޑް ރިސޯޓް މުބާރާތުން ކަޓައިފިއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗް ހަބޭސް އިން ކާމިޔާބުކުރީ 3-6 އިންނެވެ.

މިރޭގެ މެޗްގައި ހަބޭސްގެ އިބްރާހިމް ހަމްދާން ވަނީ ހެޓްރިކެއް ހަދާފައެވެ. ދެން އެޓީމުގެ ގޯލްތައް ކާމިޔާބުކޮށްދިނީ އަލީ ލިރުޢާމް އާއި ހާރޫން އިބްރާހީމެވެ. ހަބޭސްގެ 6 ވަނަ ގޯލަކީ، ވެލާގެ އަލީ ރަޒީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ވެލާ ޓީމުގެ ދެ ލަނޑު ވެސް ކާމިޔާބުކޮށްދިނީ އަހްމަދް އިމްރާނެވެ.

މި ނަތީޖާ އާއި އެކު ހަބޭސް އަށް 4 މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، ގްރޫޕްގެ 2 ވަނައިގައިވާ ކަޒިންސް އެފްސީ އަށް ލިބިފައިވަނީ 4 މެޗުން 9 ޕޮއިންޓެވެ.

މިއީ ގޯދިއްޔާ ފުޓްސަލް މުބާރާތުގައި ވެލާ ޕްރައިވެޓް އައިލޭންޑުން ބައިވެރިވި ފުރަތަމަ ފަހަރެވެ.