Last Updated: March 28, 19:01
Thursday, March 28, 2024
ކުޅިވަރު

ހަބޭސް ސެމީގެ ފުރަތަމަ ޖާގަ ހޯދައިފި

ވީބީ ގޯދިއްޔާ ފުޓްސަލް ކަޕް 2017 ގެ ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި އެފްސީ ހަބޭސް އަދި ޔުނައިޓެޑް ފްރެންޑްސް ބައްދަލުކުރި މެޗު 0-1 އިން ހަބޭސް ކާމިޔާބުކޮށް މުބާރާތުގެ ސެމީ ފައިނަލުން ޖާގައެއް ހޯދައިފިއެވެ.

މެޗުގެ ފުރަތަމަ ހާފު ލަނޑެއް ނުޖެހި އެއްވަރުވެ ނިމިގެން ގޮސްފައިވާއިރު ހަބޭސް އިން މެޗުގެ ހަމައެކަނި ލަނޑު ޖަހާފައިވަނީ ދެވަނަ ހާފުގައެވެ.

ހަބޭސް އަށް ލަނޑު ކާމިޔާބުކޮށް ސެމީގެ ޖާގަ ކަށަވަރުކޮށްފައިވަނީ އިބްރާހިމް މަހުދީ ހުސެން(އިއްބެ) އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށްވެސް ހޮވިފައިވަނީ އިއްބެއެވެ.

މިރޭ ކުޅޭ ކުއާޓާގެ ދެވަނަ މެޗުގައި ލޮނަ އާއި ވީއެޗް ބައްދަލުކުރާއިރު މާދަމާ ފްރެންޑްސް ކުލަބާއި މަލްޓި ޖީނިއަސްގެ މެޗާއި ބޭރުމަތި އަދި ކަޒިންސް އެފްސީ ކުއާޓާގެ ފަހު ދެމެޗު ކުޅޭނެއެވެ.