Last Updated: April 24, 06:35
Wednesday, April 24, 2024
ކުޅިވަރު

ސެމީގެ ދެވަނަ ޖާގަ ކުލަބު ވީއެޗް ހޯދައިފި

ފޯރިގަދަ ގޯދިއްޔާ ފުޓްސަލް ކަޕް 2017 ގެ ކުއާޓާ ފައިނަލުގެ ދެވަނަ މެޗު 1-4 އިން ލޮނަ އެފްސީގެ މައްޗަށް ކުރި ހޯދައި، ކުލަބު ވީއެޗް ސެމީގެ ދެވަނަ ޖާގަ ހޯދައިފިއެވެ.

މިރޭ ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ 1-1 އިން ނަތީޖާ އެއްވަރުވެގެންނެވެ.


ނަމަވެސް ކުލަބު ވީއެޗުން ވަނީ ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް އިތުރު ތިން ލަނޑު ކާމިޔާބުކޮށް ސެމީގެ ޖާގަ ކަށަވަރުކޮށްފައެވެ. ވީއެޗަށް މިރޭގެ މެޗުގައި ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ މުހައްމަދު އިމްރާން، އަބްދުﷲ ޝައްފާން، ހުޒައިފަތު ރަޝީދުގެ އިތުރުން ހަސަން އަދުހަމެވެ.

ލޮނަ އެފްސީގެ ހަމައެކަނި ލަނޑު ފެނިގެން ގޮސްފައިވަނީ އެޓީމުގެ ޖާޒީ ނަމްބަރު 11، މުހައްމަދު ލިޔާހްއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލު ކޮށްފައިވަނީ ކުލަބު ވީއެޗްގެ ޖާޒީ ނަމްބަރު 7، މުހައްމަދު އިމްރާނެވެ.