Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

ގޯދިއްޔާ ކަޕްގެ ސެމީގެ މެޗްތައް މިރޭ؛ ޔެސް ޓީވީން ލައިވް ކުރާނެ

ވީބީ ގޯދިއްޔާ ފުޓްސަލް ކަޕްގެ ސެމީ ފައިނަލްގެ މެޗްތައް މިރޭ ކުޅޭ އިރު އެ މެޗްތައް ޔެސް ޓީވީން ލައިވް ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މިރޭ ކުޅޭ ސެމީ ފައިނަލްގެ ފުރަތަމަ މެޗަށް ނިކުންނާނީ ތަށި މިލްކު ކުރަން ނިކުންނަ ފޭދޫ އެފްސީ ހަބޭހާއި ކުލަބް ވީއެޗް އެވެ. އެ މެޗް ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ 9:30 ގަ އެވެ.

މަރަދޫ ވެންބޮޅޮފިށި ސްޓޭޑިއަމްގައި ކުރިއަށްދާ މުބާރާތުގެ ސެމީން ހަބޭސް ޖާގަ ހޯދީ މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ކުޅުނު މެޗްގައި ޔުނައިޓެޑް ފްރެންޑްސް ބަލިކޮށް 1-0 ލަނޑުންނެވެ.

ވީއެޗް ސެމީ އަށް ދިޔައީ 18 ވަނަ ދުބަހުގެ ރޭ ކުޅުނު މެޗްގައި ލޮނަ އެފްސީގެ މައްޗަށް ކުރި ހޯދައި 4-1 ލަނޑުންނެވެ.

މިރޭ ހަބޭހާއި ވީއެޗް ބައްދަލު ކުރާ މެޗާ އެކު، މުބާރާތުގެ ފައިނަލަށް ދާ ފުރަތަމަ ޓީމް ކަށަވަރުވެގެން ދާނެ އެވެ.

މިރޭ ކުޅޭ ސެމީގެ ދެވަނަ މެޗަށް ނިކުންނާނީ އެފްސީ ބޭރުމައްޗާއި ފްރެންޑްސް ކުލަބެވެ.

ބޭރުމަތި ސެމީ އަށް ދަތުރުކޮޮށްފައި ވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ކަޒިންސް އެފްސީއާ ބައްދަލުކޮށް މޮޅުވެގެންނެވެ. އެ މެޗް ބޭރުމަތި ކާމިޔާބު ކުރީ 3-1 ލަނޑުންނެވެ.

ފްރެންޑްސް ކުލަބް ސެމީ އަށް ދިޔައީ ހަމަ އެރޭ ކުޅުނު މެޗްގައި މަލްޓި ޖީނިއަސް ސިޓީ ބަލިކޮށްގެންނެވެ. މެޗް އެ ޓީމުން ކާމިުާބު ކުރީ 2-0 ލަނޑުންނެވެ.

ފްރެންޑްސް ކުލަބާއި ބޭރުމަތި ކުޅޭ މެޗުން ފައިނަލްގެ ދެވަނަ ޖާގަ ކަށަވަރު ވާނެ އެވެ.

ގޯދިއްޔާ ފުޓްސަލް ކަޕް 2017 ގެ ފައިނަލް މެޗް އޮންނާނީ މި މަހުގެ 24 ވަނަ ދުވަހުގެ ރޭގަ އެވެ. އެ މެޗް ވެސް ޔެސް ޓީވީން ލައިވް ކުރާނެ އެވެ.