Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ގޯދިއްޔާ ފުޓްސަލް ކަޕްގެ ފައިނަލް މިރޭ

"ވީބީ ގޯދިއްޔާ ފުޓްސަލް ކަޕް 2017" ގެ ފޯރިގަދަ ފައިނަލް މެޗް މިރޭ ބޭއްވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.

މަރަދޫ ވެންބޮޅޮފިށި ސްޓޭޑިއަމްގައި މެޗް ފަށާނީ މިރޭ 10:00 ގަ އެވެ.

މި މެޗުވެސް ޔެސް ޓީވީން ވަގުތުން ދުރަށް ދައްކާ ގޮތަށް ހަމަޖެހިފައިވާ އިރު މިފަހަރުގެ ފައިނަލުގައި ބައްދަލުކު ރާނީ ފާއިތުވެ ދިޔަ ދެ އަހަރުގެ ޗެމްޕިއަން ފޭދޫ އެފްސީ ހަބޭސް އާއި ހިތަދޫ އެފްސީ ބޭރުމަތި އެވެ.

ދެ ޓީމް ވެސް ތަށްޓައް ހިފާފައިވާ އިރު މި މެޗަކީ ފަހުގެ ތާރީޚެއްގައި ކުޅެވޭ އެންމެ ފޯރިގަދަ އެއް ފައިނަލް ކަމަށް ބެލެވެ އެވެ. ދެ ޓީމުގެ ކުޅުންތެރިންނާއި އެއްވަރަށް ސަޕޯޓަރުން ވެސް އަންނަނީ ފައިނަލަށް ތައްޔާރުވަމުންނެވެ.

ގިނަ އަދަދެއްގެ ފޭދޫ ރައްޔިތުން ރަށު ޓީމަށް ސަޕޯޓް ކުރުމަށް ތައްޔާރުވަމުން އަންނަ އިރު ހިތަދޫ ރައްޔިތުން ތިބީ މި ފަހަރު ހިތަދޫ ޓީމެއް ތަށި އުފުލާތަން ބަލަން ކެތް މަދުވެފަ އެވެ.

ދެކުނުގެ އަތޮޅުތަކުގައި ކުޅޭ އެންމެ ފޯރިގަދަ ފުޓްސަލަ މުބާރާތް، ގޯދިއްޔާ ފުޓްސަލް ކަޕަކީ މުޅި ރާއްޖެއަށް މަޝްހޫރު މުބާރާތެކެވެ.

ޗެމްޕިއަން ޓީމަށް 80،000ރ. ގެ ފައިސާގެ އިނާމެއް ހުށައެޅިފައިވާ އިރު ރަނަރަޕް ޓީމަށް 30،000ރ. ގެ ފައިސާގެ އިނާމެއް ހުށައެޅިފައިވެ އެވެ.