Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ވީބީ ގޯދިއްޔާ ފުޓްސަލް ކަޕް 2017 ބޭރުމަތި ކާމިޔާބުކޮށްފި

އެފްސީ ބޭރުމަތިގެ ޓީމް. ފޮޓޯ: އިބްރާހިމް އަބްދުﷲ/އައްޑޫލައިވް

ވީބީ ގޯދިއްޔާ ފުޓްސަލް ކަޕް 2017 އެފްސީ ބޭރުމަތި ކާމިޔާބުކޮށްފިއެވެ. ބޭރުމަތި މެޗު ކާމިޔާބުކޮށްފައިވަނީ ޕެނަލްޓީގައި 5-6 އިން ހަބޭސް ބަލިކޮށްގެންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައިނުވުމުން މެޗުގެ ނަތީޖާ ނެރުމަށް ޖެހުނީ ޕެނަލްޓީ ޖަހާށެވެ.

ދެޓީމުވެސް ވަނީ ފުރިހަމަ ވަގުތުގައި ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ. ޚާއްސަކޮށް ބޭރުމަތި ޓީމަށް ފުރަތަމަ ހާފު އަދި ދެވަނަ ހާފުގައި ލިބުނު ހުސް ދެފުރުސަތު ފާހަގަކޮށްލެވެއެވެ.

ޕެނަލްޓީގައި ހަބޭސް އިން ފޮނުވާލި 7 ޕެނަލްޓީގެ ތެރެއިން 5 ޕެނަލްޓީ ކާމިޔާބުކޮށްފައިވެއެވެ. ބޭރުމަތި ޓީމުން ފޮނުވާލި 7 ޕެނަލްޓީގެ ތެރެއިން 6 ޕެނަލްޓީ އެޓީމުން ވަނީ ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ނަގާފައެވެ.

ބޭރުމަތި ކެޕްޓަން ސިނާހް މެޗަށްފަހު ބުނެފައިވަނީ ހަބޭސް އިން ކުޅުނީ މާ ޕްރެޝަރުގައި ކަމަށްވާތީ ބޭރުމަތި ޓީމަށް ލިބުނު ފައިދާ ބޮޑުވި ކަމަށެވެ. ސިނާ ބުނެފައިވަނީ މުބާރާތް ކާމިޔާބުކުރެވުނީތީީ ވަރަށް ބޮޑު އުފަލެއް ލިބިފައިވާ ކަމަށާއި މިއީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ކުރަމުން އައި އުއްމީދު ކަމަށެވެ.