Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

ފާތުން ވަޑައިގަންނަވާތީ ލިންކް ރޯޑްގެ ވަޅުގަނޑުތަކަށް ސިމެންތި އަޅައިފި

ލިންކު ރޯޑުގައި ހެދިފައިވާ ވަޅުގަނޑަކަށް ސިމެންތި އަޅަނީ.

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަބަލުން ފާޠިމަތު އިބްރާހިމް އައްޑޫއަށް ވަޑައިގަންނަވާތީ ލިންކު ރޯޑުގައި ހެދިފައިވާ ވަޅުގަނޑުތަކަށް އެމްއާރްޑީސީން އާދައިގެ މަތިން ސިމެންތި އަޅައި "ފޮރުވައިފި"އެވެ.

އެމްއާރްޑީސީގެ މުވައްޒަފުން އިއްޔެ ލިންކު ރޯޑުގެ ބައެއް ސަރަހައްދު މަރާމާތުކޮށްފައިވާ އިރު ނިމިގެން ދިޔަ ސެޕްޓެމްބަރ މަހުގެ 14 ވަނަ ދުވަހުވެސް ވަނީ ހަމަ އެވަޅުގަނޑުތަކަށް ސިމެންތި އަޅާފައެވެ.

އެދުވަހު އެމްއާްއާރްޑީސީން ވަޅުގަނޑުތައް ސިމެންތި އެޅީ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު އައްޑޫއަށް ވަޑައިގަންނަވާތީއެވެ.

ރައީސުލް ޖުމްހުރިއްޔާގެ އަނބިކަބަލުން އައްޑޫއަށް ޒިޔާރަތް ކުރައްވާތީ ސަރުކާރުގެ ކުންފުނި ތަކުގެ ވެރިން ދަނީ އެކުންފުނިތަކުގެ މުވައްޒަފުންނާއި އެކު ރަށުތެރެ ޒީނަތްތެރި ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ހިތަދޫ ސްޓޭޖް ސަރަހައްދުގެ މަސައްކަތް ކުރުމަށް އެޗްޕީއެލް އަދި ހައުސިން މިނިސްޓްރީގެ ވެރިންނާއި އެމްއާރްޑީސީގެ މުވައްޒަފުން އަދި ވެރިންގެ އިތުރުން ވެހިކަލްތައް ވެސް ވަނީ ބޭނުން ކޮށްފައެވެ.