Last Updated: April 16, 14:32
Tuesday, April 16, 2024
ޚަބަރު

ޔާމީނަށް ރަށްތަކަށް އެރެނީ ކޯޓް އަމުރާ އެކު: އަމީތު

މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރ މުހައްމަދު އަމީތު، ފޮޓޯ: އަވަސް

ރައީސް އަބްދުﷲ ޔާމީނަށް ރާއްޖޭގެ ރަށްތަކަށް އަރާ ވަޑައިގެންނެވެނީ ކޯޓު އަމުރާއި އެކު ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރ މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީން މިއަދު ގެނެސްދިން ލައިވް ޕްރޮގްރާމެއްގައި އަމީތު ވިދާޅުވީ ރައީސް ޔާމީން މިއަދު މަޑުއްވަރީއަށް ވަޑައިގަތުމުން ފެނިގެން ދިޔައީ އެރަށު ރައްޔިތުން އެމަނިކުފާނަށް މަރުހަބާ ކިޔަން ބޭނުން ނުވާ މަންޒަރުކަމަށެވެ.

ރައީސް ޔާމީން ރ. މަޑުއްވަރީ ނަރުދަމާ އަދި ގޮޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އިފްތިތާހު ކުރެއްވުމަށް މިއަދު އެރަށައް ވަޑައިގެންނެވުމުގެ ކުރިން އިދިކޮޅު ފަރާތްތަކުން އެރަށުގައި ދަމާފައިވާ ބެނާތައް ވަނީ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ނަގާފައެވެ.

އަމީތު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ނަމެއް ނެތި އެރަށުގެ މީހުން ދަމާފައިވާ ބެނާތައް ކޯޓު އަމުރެއްގެ ދަށުން ނުނެގޭނެކަމަށެވެ.

މިއަދު ރ. މަޑުއްވަރީއަށް ރައީސް ޔާމީން ވަޑައިގެންނެވި ވަގުތު ފުލުހުންނާއި ސިފައިން އެރަށުގައި

"އެއްވެސް މީހެއްގެ ނަމެއް ނެތް، ރައީސް ޔާމީންގެ ނަމެއްވެސް ނެތް، އަނިޔާވެރި ވެރިކަމެއް ބޭނުން ނޫންކަމަށް ލިޔެފައިވަނީ، އެ ބެނާތައް ނެގިދީގެން ނުވާނެ"

އަމީތު ވިދާޅުވީ ރައީސް ޔާމީން އެންމެ ފަހުން އެރަށައް ވަޑައިގެންނެވީ 1 ސެޕްޓެމްބަރ 2015 ގައި ކަމަށާއި އެދުވަހު އެރަށު ރައްޔިތުން އެމަނިކުފާނާއި ބައްދަލު ކުރެއްވުމަށް އެދުމުން އެފުރުސަތު ނުދެއްވައި އަތިރި މަތީގައި ޓެންޓެއްގައި ޖަލްސާ ބާއްވައި ވަޑައިގެންނެވީ ކަމަށެވެ.

މަޑުއްވަރީއަށް ރައީސް ޔާމީން ވަޑައިގަތުމުން އެރަށުން ވަނީ އެމަނިކުފާނާއި ދެކޮޅަށް އިހްތިޖާޖުކޮށްފައެވެ.