Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ވޯލްޑްކަޕް ތަށި އުފުލާލި ފުރަތަމަ ދިވެއްސަކަށް ރައީސް ޔާމީން

ފީފާ ވޯލްޑް ކަޕްގެ ޓްރޮފީ ރައީސް ޔާމީން އުފުލާލަނީ --- ސަން ފޮޓޯ

ފީފާ ވޯލްޑްކަޕް އަސްލު ތަށި އުފުލާލި ފުރަތަމަ ދިވެހި ރައްޔަތުގެ ލަގަބް ރައީސް އަބްދުﷲ ޔާމީން ހާސިލް ކުރައްވައިފިއެވެ.

ޔާމީން މި ލަގަބު ހާސިލް ކުރެއްވީ ރަޝިއާގައި މިއަހަރު ބާއްވާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ކުރިން ވޯލްޑްކަޕް އަސްލު ތަށި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގެންދިއުމުގެ ޓުއާގެ ދަށުން މިއަދު ހަވީރު ރާއްޖެގެނެސް ގަލޮޅު ދަނޑުގައި ބޭއްވި ރަސްމިއްޔާތުގައި ތަށި އުފުލާލައްވައިގެންނެވެ.

މިރޭ ގަލޮޅު ދަނޑުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވޯލްޑްކަޕް އަސްލު ތަށި ރައީސް އަބްދުﷲ ޔާމީންގެ އަތްޕުޅަށް އެރުއްވީ ވޯލްޑްކަޕް ތައްޓާއި އެކު މިވަގުތު ރާއްޖެވަޑައިގެން ހުންނެވި ލެޖެންޑް ފްރާންސްގެ ކްރިސްޓިއަން ކްރަމްބޭއެވެ.

ވޯލްޑްކަޕް ޓްރޮފީ ޓުއާގެ ދަށުން މާދަމާ ޓާފް ދަނޑުގައި ރައްޓާއި އެކު ފޮޓޯ ނެގުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

ވޯލްޑް ކަޕް ޓްރޮފީ މިއަދު ރާއްޖެ ގެނެސްފައިވަނީ އެކަމަށް ހާއްސަ ޖެޓެއްގައެވެ.