Last Updated: April 27, 08:54
Saturday, April 27, 2024
ޚަބަރު

މަގާމުތަކުގައި ތިބޭ މީހުން ވެސް ކުށް ކުރާނެ: ރައީސް ޔާމީން

ޕީ.ޕީ.އެމް އިން ބޭއްވި ޙަރަކާތެއްގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

ދުނިޔޭގައި އިންސާނުން އުޅޭ ކަމަށް ވަންޏާ މަގާމުގަތި ތިބޭ މީހުން ވެސް ކުށްކުރާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ ރޭ ޕީޕީއެމްގެ 'ރުމާލު2" ޖަގަހައިގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

މަގާމުތަކުގައި ތިބޭ މީހުން ކުށްކުރާނެ ކަން ފާހަގަކުރެއްވި ނަމަވެސް ރައީސް ވިދާޅުވީ، އެއީ ފަހަރެއްގައި ވެސް އެމަނިކުފާނު ކުށްކުރައްވާނެ ވާހަކަ ނޫން ކަމަށެވެ.

"ދުނިޔޭގައި އިންސާނުން ކުށްކުރާނެ. އިންސާނުންނަކީ މާއްދިއްޔަތާއި ހެދީ އުޅޭ ބައެއް. އެހެންވީމަ ހުކުރު ޚުުތުބާ ތަކުގައި މިކަންކަމުން ދުރުވުމަށް ބާރު އަޅަނީ"، ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އިންސާނުންގެ ތެރޭގައި ހުރި ހުރިހާ އުނިކަމެއް ދިވެހި މުޖްތަމައުގައި ވެސް ހުންނާނެ ކަމަށެވެ.