Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު ޕޮލިސް

ކައުންސިލް އިންތިހާބުގެ އޮޕަރޭޝަންގެ ކޮމާންޑަރު އައްޔަނުކޮށްފި

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސެކިއުރިޓީ އޮޕަރޭޝަނުގެ ކޮމާންޑަރާއި ޑެޕިއުޓީ ކޮމާންޑަރުކަމަށް ބޭފުޅުން އައްޔަންކުރައްވައިފިއެވެ.

ފުލުހުން ބުނެފައިވަނީ ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ކޮމާންޑަރަކަށް ހަމަޖައްސާފައިވަނީ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރަޝީދުކަމަށެވެ. އަދި މި އޮޕަރޭޝަންގެ ޑެޕިއުޓީ ކޮމާންޑަރަކަށް ހަމަޖައްސާފައިވަނީ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އާސިމް އަބްދުﷲ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބަކީ ރާއްޖޭގައި ބާއްވާ ބޮޑު އިންތިހާބަކަށްވާއިރު، ކޮންމެ އިންތިހާބަކާ ގުޅިގެންވެސް ފުލުހުން އިންތިހާބުގެ ސަލާމަތީ ކަންކަން ބަލަހައްޓައި، އިންތިހާބަށް އަމާން އޮމަން މާހައުލެއް ގާއިމުކުރުމުގެ ގޮތުން އޮޕަރޭޝަން ކޮމާންޑަަރުން ކަނޑައަޅައި ދުރާލައި ތައްޔާރީތައްވަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުން އިތުރަށް ފަސްކުރުމަށް ގާނޫނަށް ވަނީ އިސްލާހު ހުށަހަޅާފަ އެވެ.