Last Updated: April 23, 12:16
Tuesday, April 23, 2024
ޚަބަރު ކޮރޯނާ ވައިރަސް

ސައުތް ޕާމް ރިސޯޓުން ދެ ފަތުރުވެރިން ޕޮޒިޓިވް ވެއްޖެ

ސައުތު ޕާމް ރިސޯޓު، ފޮޓޯ: ސައުތު ޕާމް

ސައުތް ޕާމް ރިސޯޓުން ދެ ފަތުރުވެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ސައުތް ޕާމް ރިސޯޓުން ދެ ފަތުރުވެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަން އެޗްއީއޯސީ އިން ވަނީ ކަށަވަރު ކޮށްދީފަ އެވެ. އެޗްއީއޯސީން ބުނެފައިވަނީ އެ ދެ ފަތުރުވެރިންނާއި ކޮންޓެކްޓްވި ތިން ސްޓާފުންގެ ސާމްޕަލްވެސް ނަގާފައިވާ ކަމަށާއި، އަދި މިހާރު މަދުކުރަމުން ދަނީ ނަތިޖާއަށް ކަމަށެވެ.

އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖޭގައި މިވަގުތު ކޮވިޑް-19 ގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި ތިބީ 1017 ކޭސްއެކެވެ. ކޮވިޑް ޑޭޝްބޯޑުން ދައްކާގޮތުގައި މިވަގުތު ރިސޯޓްތަކުގައި ކޮވިޑް އެކްޓިވް ކޭސްތަކުގެ ގޮތުގައި 290 އަށްވުރެއް ގިނަ ކޭސް އެބަ ތިއްބެވެ.