Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު ސިޔާސީ

އެޗްޕީއޭގެ ގައިޑްލައިންތަކާއި ހިލާފަށް ގައިދުރުކަމެއް ނެތި އިދިކޮޅުން އިހުތިޖާޖްކުރަނީ!

ފޮޓޯ: ޕީޕީއެމް

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކޮވިޑް-19 އާއި ގުޅިގެން ނެރެފައިވާ ގައިޑްލައިންތަކާއި ހިލާފަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން މާލޭގައި އިހުތިޖާޖް ކުރަން ފަށައިފި އެވެ.

އިދިކޮޅުން އިހުތިޖާޖް ކުރަމުން އަންނަނީ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުން އަވަސް ކުރުމަށް ގޮވާލަ އެވެ. އަދި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި މަނީލޯންޑްރަިންގެ ކުށް ސާބިތުވެ ޖަލަށް ހުކުމްކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ވެސް މި އިހުޖާޖުގައި ބައިވެރިން އަންނަނީ ގޮވާލަމުންނެވެ.

އިދިކޮޅުގެ އިހުތިޖާޖުގައި އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނާއި ލީޑަޝިޕްގެ ބޭފުޅުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި އިހުތިޖާޖްގެ ބައިވެރިވުން ހުއްޓުވުމަށްވެސް ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި ބައެއް ފަރާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.

ފޮޓޯ: ޕީޕީއެމް

ރައީސް ޔާމީން ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދު ކޮށްފައިވާއިރު އެ ހުކުމް ބަލައި ނުގަނެ ސީދާ ހަރަކާތަށް ނިކުތުމަށް ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ވަނީ ގަރާރެއް ފާސްކޮށްފަ އެވެ.