Last Updated: April 25, 10:47
Thursday, April 25, 2024
ޚަބަރު ރައީސް ނަޝީދު

"ވަރަށް ބޭނުން މިހާރު ލިބިފަ ހުރި ކޮވިޑް ވެކްސިން ޖަހަން"

ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖެއަށް މިހާރު ލިބިފައި ހުރި ކޮވީޑް ވެކްސިން ޖަހަން ވަރަށް ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިހާރު ރާއްޖެއަށް ލިބިފަރި ހުރި ވެކްސިން ޖަހަން ވަރަށް ބޭނުންވާކަމަށެވެ.

"އަޅުގަނޑު އެދެނީ ވީހާވެސް އަވަހަށް އަޅުގަނޑަށް ވެކްސިން ލިބި، އަޅުގަނޑުގެ ފަރާތުންވެސް އެއްވެސް މީހަކަށް ބަލި ނުޖެހި، އަޅުގަނޑުވެސް ރައްކާތެރިވެ، އެންމެން މިކަމުން ސަލާމަތްވުން." ރައީސް ނަޝީދުގެ ޓްވީޓްގައިވެއެވެ.

ރާއްޖެއަށް ވަނީ ކޮވިޑް ވެކްސިންގެ 100،000 ޑޯޒް ގެނެސްފަ އެވެ. އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ވެކްސިނަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީކޮށް، ސީރިއަމް އިންސްޓިޓިއުޓް އިންޑިއާއިން އުފައްދާފައިވާ ވެކްސިނެވެ. އިންޑިއާއިން ވަނީ މި ވެކްސިންގެ 100،000 ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައެވެ.

ވެކްސިން ޖެހުމަށް ކެތްމަދުވެފައި ހުރި ކަމަށް ރައީސް ނަޝީދު ވިދާޅުވާއިރު، އިދިކޮޅުން އަންނަނީ ވެކްސިން ޖެހުމާއި ދެކޮޅަށް އަޑުއުފުލަމުންނެވެ. އެގޮތުން އެ ވިކްސިނަކީ ޑަބްލިއުއެޗްއޯގެ އެޕްރޫވަލް ލިބިފައި ނުވާ ވެކްސިނެއްކަމަށް ބުނެ އެކަމުގައި އަންނަނީ ފާޑުކިޔަމުންނެވެ.