Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު ރައީސް ސޯލިހު

ރައީސް ޔާމީން މިނިވަންކުރަން ގޮވާލާ ބެނާ ހިފައިގެން ރައީސް އަރިހަށް!

ފޮޓޯ: ޕީޕީއެމް

ރިޔާސީ ބަޔާން އިއްވަމުން ދިޔައިރު ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅުން އިހުތިޖާޖް ކޮށްފިއެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީއަށް ތާއިދުކުރާ ފަރާތްތަކުން ވަނީ ރައީސް ސޯލިހް ރިޔާސީ ބަޔާން އިއްވަވަމުން ގެންދެވި އިރު، މަޖިލިިސް ސަރަހައްދަށް އެއްވެ ކުރީގެ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިހުތިޖާޖް ކޮށްފައެވެ.

ރައީސް ސޯލިހްގެ ރިޔާސީ ބަޔާން ނިމުމުން އިދިކޮޅު ޕީޕީއެމް ޕީއެންސީއަށް ނިސްބަތްވާ މަޖިލީހުގެ މެމްބަރުން ވަނީ މަޖިލީހުގެ ތެރޭގައި، ރައިސް ޔާމީން މިނިވަންކުރުމަސް ގޮވާލާ ހަދާފައިވާ ބެނާ ހިފައިގެން ހިރަކާތްތެރިވެފައެވެ. އަދި ފޮޓޯތަކުން ފެންނަ ގޮތުން ރައީސް ސޯލިހާއި ރައީސް ނަޝީދު ވަނީ އެ މެމްބަރުންގެ އަރިހަށް ގޮސް ބައްދަލުކުރައްވާފައެވެ.