Last Updated: April 20, 19:35
Saturday, April 20, 2024
ޚަބަރު ޝަރުއީ ދާއިރާ

ޔާމީން ރަޝީދު މަރާލި މައްސަލައިގެ އަޑުއެހުން މާދަމާ

ޔާމީން(މ) އަށް ހަމަލާ ދިން ކަމަށް ތުހުމަތުކޮށް ފޮޓޯ އާއްމުކުރި ދެ މީހުން ދެ ފަރާތުގައި--

އަނިޔާވެރި ގޮތަކަށް މަރާލި ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

ޔާމީން ރަޝީދު މަރާލި މައްސަލައިގެ އަޑުއެހުން މާދަމާ ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ 11:00 އަށެވެ.

މި މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދާއި، މ. ތާއިފް އިސްމާއިލް ރަޝީދާއި، މ. ކުދެހިގެ ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނުގެ އިތުރުން މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއިލްގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.

މި މައްސަލައިގައި އެންމެ ފަހުން ކުރިއަށް ގެންގޮސްފައިވަނީ ހެކިބަސް ނެގުމުގެ މަރުހަލާއެވެ. މާދަމާގެ އަޑުއެހުމުގައި އޮންނާނީ ހެކިބަހާއި ގުޅޭގޮތުން ވާހަކަދެއްކުމެވެ.

ޔާމީން ރަޝީދު މަރާލީ 2017 އޭޕްރިލް 23 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އޭނާ މަރާލީ އޭނާ ދިރިއުޅޭ ގޭގެ ސިޑި ގޮޅި ތެރޭގައެވެ. މި މައްސަލަ، މަރުތައް ތަހުގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުންވެސް އަންނަނީ ތަހުގީގުކުރަމުންނެވެ.