Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު ޝަރުއީ ދާއިރާ

މާލޭގައި ބޮން ގޮއްވަން އުޅުނު މައްސަލައިގެ ޝަރީއަތް މާދަމާ

ބޮން ގޮއްވަން އުޅުނު މައްސަލައިގައި ހައްޔަރުކުރި މީހެއް-- ފޮޓޯ: އަވަސް

ބޮން ހަދައި އެތަކެތި މާލޭގެ އެކި ތަންތަނުގައި ގޮއްވަން ރޭވިކަމުގެ ތުހުމަތުގައި ދައުވާކޮށްފައިވާ ހަތަރު މީހުންގެ ޝަރީއަތް މާދަމާއަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

މައްސަލާގައި ދައުވާކޮށްފައިވަނީ، ގދ. މަޑަވެލި ގަމަރީ، އިއުތިސާމް މުހައްމަދު ސައީދާއި ހއ. ހޯރަފުށީ ވިދުވަރުގެ ނާސިއު މުހައްމަދާއި ހދ. ނައިވާދޫ ރިވެލި ޝިމާން ޝަރީފާއި ހއ. ހޯރަފުށީ އަލަނާސީގެ މުހައްމަދު ތަސްލީމެވެ.

އެ ހަތަރު މީހުންގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ އެވެ. މި މައްސަލައަކީ ދައުލަތުގެ އެދިމުގެ މަތިން ސިއްރުކޮށްގެން ކުރިއަށްގެންދާ އަޑުއެހުމެކެވެ.

މި މައްސަލަ މާދަމާ ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ 09:30 އަށެވެ.

2017 ވަނަ އަހަރު މއ. ކިނާރާހައުސް އާއި އެގޭގެ ކުރިމަތިން އޮންނަ އެނބޫގޯޅީގައި ހުރި އެޓިކް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ބިދޭސީ ރެކްރޫޓް އެޖެންސީއެއްގެ އޮފީހާއި ހަމަ އެ ސަރަހައްދުގައި ހުރި މއ. ނަމޫނާގެ ފުލުހުން މި މައްސަލާގައި ބަލައި ފާސްކުރި އެވެ. އަދި ގޮވާތަކެތި އުފައްދަން ބޭނުން ކުރާ ކެމިކަލް ކަމަށް ބުނާ ގިނަ އަދަދެއްގެ ތަކެތި ވަނީ އަތުލައިގެންފަ އެވެ. އަދި އެމީހުން ހައްޔަރުކުރީ ބޮން ތައްޔާރުކުރަން ތިއްބައި ކަމަށްވެސް މައުލޫމާތުދީފައިވެއެވެ.