Last Updated: April 20, 19:35
Saturday, April 20, 2024
ޚަބަރު ޕޮލިސް

ރައީސް ޔާމީން ތަހުގީގަށް ހާޒިރުކުރުން ކެންސަލް ކޮށްފި

ރައީސް ޔާމީން -- ފޮޓޯ / އަވަސް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތު ކުރާ އިތުރު މައްސަލައެއްގެ ތަހުގީގަށް ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމަށް ނިންމާފައި އޮތުމަށްފަހު ކެންސަލް ކޮށްފިއެވެ.

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވީ ކުރީގެ ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރާ މައްސަލައެއްގެ ތަހުގީގަށް ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމަށް ނިންމާފައިއޮތީ މިއަދު ހެނދުނުއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމަށްފަހު ރައީސް ޔާމީން އެމަނިކުފާނުގެ އަމިއްލަ ގެކޮޅަށް ހަތަރު ވަރަކަށް ގަޑިއިރަށް ގެންދިއުމަށް އޮތީ ހަމަޖެހިފައެވެ. އެހެންނަމަވެސް މިހާރު ވަނީ ތަހުގީގަށް ހާޒިރުކުރުން ކެންސަލް ކޮށްފައެވެ.

ފަސް އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ރައީސް ޔާމީންގެ މައްޗަށް މިހާރުވެސް އިތުރު ދައުވާތަކެއް ވަނީ އުފުލާފައެވެ. އެއީ ރ. ފުއްގިރި ދޫކުރުމުގެ މައްސަލައިގައި މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާއެވެ.