Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު ކޮރޯނާ ވައިރަސް

އައްޑޫގައި މިއަދު ރެންޑަމް ސާމްޕަލް ނަގަނީ

އައްޑޫސިޓީގައި މިއަދު ކޮވިޑް-19 އަށް ރެންޑަމް ސާމްޕަލް ނެގުމަށް ހަމަޖެހިފައިވާ ކަމަށް އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އޭއީއޯސީ)އިން ހާމަކޮށްފިއެވެ.

އޭއީއޯސީން ބުނެފައިވަނީ، މިއަދު މެންްދުރު 12:00 އިން ފެށިގެން އިރުއޮށްސި 06:00 އާއި ހަމައަށް އައްޑޫސިޓީގެ އެކި ހިސާބުތަކުގައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ކުރިއަށް ގެންދާނެ ކަމަށެވެ.

އައްޑޫސިޓީން މިހާތަނަށް ކޮވިޑް-19 އަށް 58 މީހަކު ޕޮޒިޓިވް ވެފައިވެއެވެ. އައްޑޫ ސިޓީން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ހަތަރު މީހަކަށް ކޮވިޑު ފެސިލިޓީގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާދެމުންނެވެ. އައްޑޫ ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަނީ ފޭދޫ އަށް ނިސްބަތްވާ އުމުރުން 79 އަހަރުގެ މީހަކާއި ހިތަދޫ އަށް ނިސްބަތްވާ 62 އަހަރުގެ މީހަކާއި އިތުރު ދިވެއްސެއްގެ އިތުރުން ބިދޭސީއެކެވެ.

އައްޑޫ މިވަގުތު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު، ހަތް ދުވަހުގެ މުއްދަތަށް ރޭގަނޑު 8 އިން ފަތިހު 4 އަށް އައްޑޫގައި އަންނަނީ ކާފިއު ވެސް ހިންގަމުންނެވެ.